ads
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެން މުހައްމަދު ލަތީފް ހަވާއީގައި
ހަވާއީ ގްރީން އިންފްރާސްޓްރަކްޗާ އޮތޯރިޓީއާ މުހިންމު މަޝްވަރާތަކެއް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް، ހަވާއީ ގްރީން އިންފްރާސްޓްރަކްޗާ އޮތޯރިޓީގެ އެގްޒެކެޓިވް ޑިރެކްޓަރު ގްވެން ޔަމަމޯޓޯ-ލާއުއާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
Advertisement

ބްލޫ ޕްލެނެޓް އެލަޔަންސްގެ ހާއްސަ މެހުމާނެއްގެ ގޮތުން ހަވާއީއަށް ކުރައްވާ ދަތުރެއްގެ ތެރެއިން ވީޕީ ލަތީފްވަނީ މި ބައްދަލުވުން ބާއްވާފައެވެ.

މި ބައްދަލުވުމުގައި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ މޫސުމީ ބަދަލުތަކުގެ ގޮންޖެހުންތަކާއި، އެކަންކަމަށް ހައްލު ހޯދުމުގައި ގްރީން ފައިނޭންސިންގއިން އަދާކުރެވިދާނެ ދައުރުގެ މައްޗަށް މަޝްވަރާ ކުރެވުނެވެ. އެގޮތުން ހަވާއީއިން ސައްތަ އިން ސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް މަސައްކަތްކުރާ ގޮތާއި އެ ގައުމުގެ އެންމެ ފުރަތަމަ ގްރީން ބޭންކުގެ މަސައްކަތްތަކުގެ މައުލޫމާތު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވާފައެވެ.

ޔަމަމޯޓޯ-ލާއު ވީޕީއާ ހިއްސާ ކުރެއްވި މައުލޫމާތުގެ ތެރޭގައި ހާއްސަކޮށް "އޮން-ބިލް ފައިނޭންސިން" ޕްރޮގްރާމްގެ މައުލޫމާތު ވެސް ހިމަނާފައިވެއެވެ. މިއީ އިޔާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތައް، ޔުޓިލިޓީ ބިލްތައް މެދުވެރިކޮށް އަނބުރާ ދެއްކުމުގެ ފުރުސަތު ކަސްޓަމަރުންނަށް ދޭ ޕްރޮގްރާމެކެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވީޕީ ލަތީފް ވިދާޅުވީ، ހަވާއީގެ މި ފަދަ ތަޖުރިބާތަކަކީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ވަރަށް މުހިންމު އިރުޝާދުތަކެއް ލިބިދޭނެ ކަމެއް ކަމަށެވެ. އަދި މި ފަދަ މޮޑެލްތަކުން ރާއްޖޭގެ އިޔާދަކުރަނިވި ހަކަތައިގެ ނިޒާމު ފުޅާކުރުމަށް މުހިންމު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް