
މި ޕްރޮމޯޝަނަކީ ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ބޭއްވޭ ޕްރޮމޯޝަނެއް ކަމަށްވާއިރު، ކޮންމެ ހަފްތާއަކު ރީލޯޑްކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރިއަކަށް 10،000 ރުފިޔާގެ ފައިސާއާއި 10،000 ރުފިޔާގެ މޯލްޑިވިއަންގެ ޑޮމެސްޓިކް ޓްރެވެލް ވައުޗަރެއް ލިބިގެންދާނެއެވެ.
ދިރާގުން ހާމަކުރި ގޮތުގައި، މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ހަފްތާއަކު ޖުމްލަ 300 ރުފިޔާއަށް ވުރެ ގިނައިން ރީލޯޑްކުރުން ނުވަތަ ޑޭޓާ އެޑް-އޮން އެކްޓިވޭޓްކުރުން ލާޒިމްވެއެވެ. މި ޝަރުތު ހަމަވާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތަކުން ނަސީބުވެރިން ހޮވައި، މި އަގުހުރި އިނާމު ދެވޭނެއެވެ. މީގެ އިތުރުން، ޕްރިޕެއިޑް ކަސްޓަމަރުންނަށް ކޮންމެ 20 ރުފިޔާއިން މަތީ ރީލޯޑަކަށް 1 ޓީ.ބީ އާ ހަމައަށް ޑޭޓާ ހިލޭ ލިބޭނެކަންވެސް ދިރާގުން ފާހަގަކޮށްފައިވެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ 7 ޖޫން 2025 ގެ ނިޔަލަށް ކަމަށްވާއިރު، ދިރާގުއެޕް، ދިރާގުޕޭ، މައިއެކައުންޓް ނުވަތަ ދިރާގުގެ ޕާޓްނާ ފިހާރަތައް މެދުވެރިކޮށް ރީލޯޑްކޮށްގެން ބައިވެރިވުމުގެ ފުރުސަތު ހުޅުވިފައިވެއެވެ. ތަފާތު ޑޭޓާ އެލަވަންސްތަކާއި ވެލިޑިޓީ އިހްތިޔާރުކުރެވޭ ގޮތަށް އެކިއެކި ޕްރިޕެއިޑް ޕްލޭންތައް ދިރާގުން ފޯރުކޮށްދޭ ކަމަށާއި ހެޔޮ އަގުގައި ގިނަ އައު އޮފާތައް ކަސްޓަމަރުންނަށް ގެނެސްދިނުމަށް ދިރާގުން އަބަދުވެސް މަސައްކަތްކުރަމުންދާ ކަމަށް ދިރާގުން ބުނެއެވެ.