ads
އުރީދޫ ނޭޝަން އިންޓަރ ކޮލެޖު އީސްޕޯޓްސް ޓޯނަމަންޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ކޮލެޖު ދަރިވަރުންނަށް ޚާއްސަކޮށްގެން އުރީދޫއިން އީސްޕޯޓްސް މުބާރާތެއް ބާއްވަނީ
ކޮލެޖު ދަރިވަރުންނަށް ހާއްސަކޮށްގެން އުރީދޫއިން އީސްޕޯޓްސް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
Advertisement

އުރީދޫ ނޭޝަނުން ފުރަތަމަ ފަހަރަށް ބާއްވާ އިންޓަރ ކޮލެޖް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2025 އަށް މިހާރު ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ ފުރަތަމަ ގައުމީ ފެންވަރުގެ ކޮލެޖިއޭޓް އީސްޕޯޓްސް މުބާރާތެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު ކަމަށާއި ކޮލެޖު ޓީމުތަކަށް ތިން އީސްޕޯޓް ޓައިޓަލް ކަމަށްވާ މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް، ޕަބްޖީ މޮބައިލް އަދި އީއޭއެފްސީ 25 ގައި ވާދަކުރެވޭނެއެވެ. ކޮންމެ ޓައިޓަލަކަށް 10,000 ރުފިޔާގެ އިނާމު ކަނޑައަޅާފައިވެއެވެ. ޓީމުތައް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 25 މެއި 2025 ވަނަ ދުވަހުގެ 23:59 އެވެ.

އުރީދޫ ނޭޝަންގެ މި އިނީޝިއެޓިވްއަކީ ޒުވާނުން ބާރުވެރިކުރުވުމަށާއި ޑިޖިޓަލް ބައިވެރިވުމަށް ބާރުއަޅާ، އީސްޕޯޓްސްގެ ދާއިރާއިން ހަރުދަނާ މުޖުތަމައުތައް ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ފާހަގަކޮށްލެވޭ އިނީޝިއެޓިވްއެކެވެ. މުބާރާތް އުރީދޫ ނޭޝަންގެ ޔޫޓިއުބް ޗެނަލުން ލައިވްކޮށް، އެކަމުގެ ތަފްސީލާއި ޓީމް ސްޓޭންޑިންގް އުރީދޫ ނޭޝަންގެ ސޯޝަލް މީޑިއާ ޗެނަލްތަކުން ލިބޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް