ads
އައްޑޫގައި ނިޔާވި ދެމަފިރިންކަމަށްވާ އިބްރާހިމް އަބްދުﷲ އާއި ފަރަހަނާޒް ރަޝީދް
އައްޑޫގައި ނިޔާވި ދެމަފަރިންގެ ޖަނާޒާ މިއަދު ހުކުރަށްފަހު
އައްޑޫ ހިތަދޫގެ ގެއެއް ތެރޭ ނިޔާވެފައި އޮއްވާ ފެނުނު ދެމަފިރިން ޖަނާޒާ މިއަދުގެ ހުކުރު ނަމާދަށްފަހު ބާއްވަން ނިންމައިފިއެވެ.
Advertisement

އަލަށް ބަދަލުވި ގޭގެ ތެރޭގައި ނިޔާވެފައި އޮއްވާ މިދިޔަ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފެނުނީ ސި ހިތަދޫ ކުރޭނުގެ އުމުރުން 60 އަހަރުގެ އިބްރާހިމް އަބްދުﷲ އާއި އޭނާގެ އަންހެނުނ ސ. މަރަދޫ ނާރެސް އުމުރުން 52 އަހަރުގެ ފަރަހަނާޒް ރަޝީދެވެ.  

މި ދެ މަފިރިންގެ ޖަނާޒާ މިހާތަނަށްވެސް ބާއްވާފައި ނުވަނީ އޮޓަޕްސީ ހެދުމާއި ގުޅޭ ގޮތުން ފުލުހުންނަށް ގޮތެއް ނުނިންމިގެންނެވެ. އެހެންނަމަވެސް އާއިލާއިން ބޭނުންވަނީ ވީ އެންމެ އަވަހަކަށް ޖަނާޒާ ކަންކަން ކުރިޔަށް ގެންދާށެވެ. އެގޮތުން ހިތަދޫގެ، މަސްޖިދުލްތަގުވާގައި ހުކުރު ނަމާދަށް ފަހު އެ ދެމަފިރިންގެ ކަށުނަމާދު މިއަދު ކުރުމަށް ވަނީ ނިންމާފައެވެ.

މި ދެމަފަރިންގެ މަރުގައި ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފެންނަން ނެތްކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ދެމަފިރިން ނިޔާވެފައި އޮއްވާ ފެނުނީ އެ މީހުން އަލަށް ބަދަލުވި ގެއަށް ބަދަލުވުމަށްފަހު ހަބަރެއް ނުވެގެން  އެގެއަށް ވަދެ ބެލުމުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް