ads
އުރީދޫން އައްޑޫސިޓީގައި ގަސް އިންދުމުގެ ހަރަކާތެއް ބޭއްވުން
"ގްރޯ ވިތް އޫރީދޫ" އިނީޝިއޭޓިވްގެ ދަށުން އައްޑޫގައި ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފި
އޫރީދޫ މޯލްޑިވްސްއިން އެކުންފުނީގެ "ގްރޯ ވިތް އޫރީދޫ" އިނީޝިއޭޓިވްގެ ދަށުން އައްޑޫ ސިޓީގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
Advertisement

މި ހަރަކާތަކީ އެންވަޔަރަމެންޓަލް ސަސްޓެއިނަބިލިޓީއަށާއި މުޖުތަމައުގެ ދުޅަހެޔޮކަމަށް އަމާޒުކޮށް ކުރިއަށް ގެންދާ ހަރަކާތެކެވެ.

"މި ގަސް އިންދުމުގެ ހަރަކާތުގައި އައްޑޫ ސިޓީ ކައުންސިލުން ވަރަށް ހިތްވަރާ ޖޯޝާއެކު ބައިވެރިވި،" -އުރީދޫ-

your imageއުރީދޫން އައްޑޫސިޓީގައި ގަސް އިންދުމުގެ ހަރަކާތެއް ބޭއްވުން

އުރީދޫން ބުނީ މި ހަރަކާތުގެ މަގުސަދަކީ އައްޑޫގައި ފެހި ވެށްޓެއް ގާއިމުކުރުމެވެ. ކޮންމެ ގަހެއް އިންދުމަކީ ބައިވެރިން ތިމާވެށި ރައްކާތެރިކުރުމަށް އަޅާ ހަރުދަނާ ފިޔަވަޅެއްކަމަށެވެ. 

"މިއީ ދެމެހެއްޓެނިވި ތިމާވެއްޓެއް މާދަމާއެއް ބިނާކުރުމަށް ނަގާ ޒިންމާއެއް،" ކަމަށް އުރީދޫން ބުންޏެވެ.

"ގްރޯ ވިތް އޫރީދޫ" އިނީޝިއޭޓިވްއަކީ އޫރީދޫގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ސްޓްރެޓެޖީގެ ބައެއްގެ ގޮތުގައި ފަށާފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއެރުވުމާއި ސިޓީތަކުގައި ފެހި ސަރަހައްދުތައް އިތުރުކުރުމަށް މަސައްކަތްކުރުމެވެ. އޫރީދޫއިން މުޅި ރާއްޖޭގައި މިފަދަ ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައެވެ.

މިގޮތުން މިއީ ކުންފުނީގެ ވިޝަން ކަމަށްވާ ދެމެހެއްޓެނިވި އަދި ކެރިފޯރުންތެރި ރާއްޖެއެއް ބިނާކުރުމުގެ ލަނޑުދަނޑިއަށް އެޅޭ އިތުރު ފިޔަވަޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް