ads
ފޮޓޯ: އެމްއައިބީ
އެމްއައިބީން 1.4 މިލިއަނަށްވުރެ ގިނަ ބޯނަސް ހިއްސާ ވިއްކަން ލިސްޓުކޮށްފި
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން 1.4 މިލިއަނަށް ވުރެ ގިނަ ބޯނަސް ހިއްސާ ވިއްކަން ލިސްޓް ކޮށްފިއެވެ.
Advertisement

ބޭންކުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ބޭންކުގެ 1،464،338 އާންމު ހިއްސާ، ބޯނަސް ހިއްސާގެ ގޮތުގައި ލިސްޓުކުރުމުގެ ހުއްދަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) އިން ލިބިފައިވާ ކަމަށެވެ.

އެމްއައިބީން ބުނީ، މި ބޯނަސް ހިއްސާތައް ލިސްޓުކޮށްފައިވަނީ މޫނުމަތީ އަގު 10 ރުފިޔާގެ މަގުން ކަމަށެވެ. މިއީ މި މަހު ބޭއްވި ބޭންކުގެ އަހަރީ އާންމު ޖަލްސާގައި، މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ބަހަން 50 ޕަސަންޓު ކޭޝް ޑިވިޑެންޑް ގޮތުގައި ދިނުމަށް ނިންމުމާ ގުޅިގެން ލިސްޓް ކުރި ހިއްސާތައް ކަމަށް ބޭންކުން ބުންޏެވެ. ބޭންކުން މިހާރު އަންނަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ) މެދުވެރިކޮށް ހިއްސާދާރުންގެ އެކައުންޓަށް މި ހިއްސާތައް ޖަމާކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި މި މަހުގެ 29 ގެ ކުރިން އެ މަރުހަލާ ނިމޭނެކަމަށް ވެސް އެމްއައިބީން ބުންޏެވެ.

މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި 103 މިލިއަން ރުފިޔާ ބަހަން ނިންމާފައިވާއިރު، ހިއްސާއަކަށް 4.58 ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 58 ޕަސަންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރަކީ އެމްއައިބީއަށް ކާމިޔާބު އަހަރެއްގެ ގޮތުގައި ފާހަގަކޮށް، އާ ސާވިސް ސެންޓަރުތަކާއި ޑިޖިޓަލް ބޭންކިންގ ވަސީލަތްތައް ފުޅާކޮށްފައިވާއިރު، ބައިނަލްއަގްވާމީ ތިން އެވޯޑެއް ވެސް އެ ބޭންކަށް ލިބިފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް