
މި އެކްސްޕޯއަކީ އިކޮނޮމިކް މިނިސްޓްރީއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން ބާއްވާ އިވެންޓެކެވެ. މި އެކްސްޕޯގެ މަޤްސަދަކީ ދިވެހިންގެ ހުނަރާއި ފަންނުވެރިކަން އަދި އުފެއްދުންތަކާއި ހިދުމަތްތައް ހިއްސާކުރެވޭނެ ޕްލެޓްފޯމެއް ފޯރުކޮށްދިނުމެވެ.
މި އެކްސްޕޯ ކުރިއަށް ދާނީ މޭ 23 އިން 31 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި އެކްސްޕޯގެ އެންމެ ފާހަގަކޮށްލެވޭ ފެނިލުމަކަށް ވެގެންދާނީ ކޮންމެ އަހަރަކު ވެސް ބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒެވެ. މި މައުރަޒުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހީންގެ އަތްތެރި މަސައްކަތްތަކާއި އެހެނިހެން ހުނަރުވެރި މަސައްކަތްތައް ފެނިގެންދާނެއެވެ.
ދިރާގުން ދަނީ އެކި ދާއިރާތަކުގައި ދިވެހިން ކުރިއަރުވައި، ދިވެހީންގެ ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އެންމެ ކުރީސަފުގައި ބައިވެރިވެ އެއްބާރުލުންދެމުންނެވެ. މި އެކްސްޕޯގައި ދިރާގުން ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމަކީ އެ ކުންފުނިން ދިވެހި ވިޔަފާރިތަކަށާއި އުފެއްދުންތެރިކަމަށް ދޭ އަހައްމިއްޔަތުކަމުގެ ހެއްކެވެ.