
މި ޖަރީމާގައި "ހަރުފާގެ ވިހައިން" މަރުވި ކަމަށް ދައުލަތުގެ ލިޔެކިޔުންތަކަށް ބަދަލުގެނެސް، ކޮންމެ ފަހަރަކު 4 ލައްކަ ރުޕީޒްގެ ޑިޒާސްޓަ ރިލީފް ފައިސާ ދޫކޮށްފައިވެއެވެ.
އިންޑިއާ ޓުޑޭއިން ރިޕޯޓުކުރާ ގޮތުގައި މި ސްކޭމްގެ ސަބަބުން ޖުމްލަ 11 ކްރޯ 26 ލައްކަ ރުޕީޒް ގެ ފައިސާ ވަގަށް ނަގާފައިވެއެވެ. ހަރުފާގެ ވިހައިން މަރުވާ މީހުންނަށް ހާއްސަ ގުދުރަތީ ކާރިސާތަކުގެ ގޮތުގައި ސަރުކާރުން ދޫކުރާ ފައިސާ ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން މި ޖަރީމާ ހިންގާފައިވަނީ ދިގު މުއްދަތެއްގެ ތެރޭގައެވެ.
މި މައްސަލަ ފާޅުވެފައިވަނީ ޑިޒާސްޓަ ރިލީފް ފަންޑުގެ ލިޔެކިޔުންތައް އޮޑިޓްކުރުމުން ކަމަށް ބެލެވެއެވެ. އެއް މީހަކު ތަފާތު ތާރީހިތަކުގައި ގިނަ ފަހަރު މަރުވެއްޖެ ކަމަށް ދައްކުވައި އެކަމަށް ފައިސާ ނަގާފައިވާކަން ހާމަވެފައިވެއެވެ. މި މައްސަލައިގައި ފައިސާ ނަގާފައިވާ ގޮތާއި ޖަރީމާގައި ބައިވެރިވި ފަރާތްތަކާ ބެހޭ ގޮތުން އިތުރު ތަހުގީގުތައް ކުރިއަށްދާ ކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.