ads
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީގެ) ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރު
އެޗްޑީސީގެ ޑީއެމްޑީ ފަޔާޒް މަންސޫރުވެސް އިސްތިއުފާ ދެއްވައިފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީގެ) ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރުވެސް އިސްތިއުފާ ދީފިއެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަޔާޒް މަންސޫރު މަގާމުން އިސްތިއުފާދެއްވީ މިއަދުގެ ވަގުތެއްގައެވެ. އެޗްޑީސީގެ ޑީއެމްޑީ މަގާމަށް ފަޔާޒު އައްޔަންކުރީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ.

މަންސޫރު އެޗްޑީސީން އިސްތިއުފާދެއްވާފައި މިވަނީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މައުރޫފް ޖަމީލު އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވައިފައިވަނިކޮށެވެ. 

މައުރޫފް ވަނީ މަގާމުން ރިޓަޔާ ކުރައްވަން ނިންމަވައި މި މަހުގެ ކުރީކޮޅު އެކަން ކުންފުނީގެ މުވައްޒަފުންނަށް އަންގަވައިފަ އެވެ. ކުރިން ނިންމަވާފައި އޮތީ އަންނަ މަހު 18 އިން ފެށިގެން ރިޓަޔާ ކުރައްވާ ގޮތަށެވެ.

މައުރޫފް މަގާމުން އިސްތިއުފާދެއްވުމުން އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އަލީ ޒުހައިރު ރޭ ވަނީ އައްޔަންކޮށްފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް