ޝަހީމް މިއަދު މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކްލިނިކް ގާއިމް ކުރުމަށް ސައުދީ ސަރުކާރުން ހައްޖު މިޝަންއަށް ރަސްމީކޮށް މިހާރު ހުއްދަ ދީފައިވާ ކަމަށެވެ.
ޝަހީމް ވަނީ މިއީ މިގޮތަށް ސައުދީ ހޮސްޕިޓަަކާ ގުޅިގެން އަދި ރަސްމީކޮށް ކްލިނިކް ގާއިމުކުރެވިގެންދާ ފުރަތަމަ ފަހަރު ކަމަށްވެސް ވިދާޅުވެފަ އެވެ.
މިއީ، ދިވެހި ހައްޖުވެރިންނަށް ހާއްސަކޮށް މައްކާގައި ހުޅުވި ފުރަތަމަ ކްލިނިކެވެ.
މިއަހަރު ރާއްޖޭން ހައްޖަށް ދާ މީހުން އަންނަ ހޯމަ ދުވަހު ފުރަން ފަށާނެ އެވެ. ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ހައްޖު ދުވަސް ވާނީ އަންނަ މަހުގެ 5 ވަނަ ދުވަހަށެވެ.