ads
ފޮޓޯ: މީދުގައި ބީއެމްއެމް އޭޓީއެމް ހުދުމަތް ފެށުން
ައަތޮޅުތެރޭ ބީއެމްއެލް އޭޓީއެމްއަތަކުން މިއަހަރު 1.45 ބިލިއަން ރުފިޔާ ޖަމާކޮށްފި
މިއަހަރުގެ މިހާތަނަށް އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ އޭޓީއެމްތައް މެދުވެރިކޮށް 1.45 ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ޖަމާކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
Advertisement

ރަށްރަށުގައި ދިރިއުޅޭ ކަސްޓަމަރުންގެ މާލީ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ފާހަގަކުރައްވަމުން، އަތޮޅުތެރޭގައި އޭޓީއެމްތައް ގާއިމުކުރުމުގެ މުހިންމުކަމަށް ޝަރީފް އަލިއަޅުވާލެއްވިއެވެ.

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އޭޓީއެމް ގާއިމުކުރުމަށް ބީއެމްއެލްއިން ދަނީ މަސައްކަތްކުރަމުންނެވެ. 

މިހާތަނަށް މި އަހަރު 37 ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގ ހިދުމަތް ވަނީ ގާއިމުކޮށްފައެވެ. މީގެ ތެރެއިން އެންމެ ފަހުން ށ. އަތޮޅުގެ 10 ރަށެއްގައި އޭޓީއެމް ހިދުމަތް ތައާރަފުކޮށް، އެ އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު ވަނީ އޭޓީއެމް ހިދުމަތް ލިބެން ފަށާފައެވެ.

މި މަޝްރޫއަކީ ކަސްޓަމަރުންގެ އަސާސީ ބޭންކިންގ ހިދުމަތްތައް ދިރިއުޅޭ ރަށެއްގައި ހުރެގެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހިންގޭ މުހިންމު މަޝްރޫއެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. މިހާތަނަށް ހއ. އަތޮޅާއި، ދ. އަތޮޅާއި، ނ. އަތޮޅާއި، މ. އަތޮޅާއި އަދި ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ދޭން ވަނީ ފަށާފައެވެ. "މި އަދަދުންވެސް އަޅުގަނޑުމެންގެ މުޖުތަމައުތަކަށް މި ހިދުމަތަކީ ކިހާ މުހިންމު ހިދުމަތެއްކަން ވަރަށް ބޮޑަށް ހާމަވެގެންދޭ" ކަމަށް ޝަރީފް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް