ads
ބީއެމްއެލް އޭޓީއެމްއެއް
ށ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީޢެމްއެލް އޭޓީއެމް ގާއިމްކޮށްފި
ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އޭޓީއެމްގެ ހިދުމަތް ގާއިމްކޮށްފިއެވެ.
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމްކުރުމުގެ ގޮތުން މިއަހަރުގެ ތެރޭގައި 100 ރަށެއްގައި އަލަށް ހިދުމަތް ފެށުމަށް ބީއެމްއެލްއިން ވަނީ މަސައްކަތް ފަށާފައެވެ.

މި މަސައްކަތުގެ ދަށުން ށ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގެ ތެރެއިން ކުރިން ހިދުމަތް ލިބެން ނެތް 10 ރަށެއްގައި މިހާރު ވަނީ އޭޓީއެމް ބަހައްޓައި ހިދުމަތް ފެށިފައެވެ. 

އަލަށް ހިދުމަތް ފެށިފައިވާ ރަށްތަކުގެ ތެރޭގައި ބިލެއްފަހި، ފޭދޫ، ގޮއިދޫ، ކަނޑިތީމު، ނޫމަރާ، ޅައިމަގު، ނަރުދޫ، ފީވަށް، ފޯކައިދޫ އަދި މަރޮށި ހިމެނެއެވެ. މި އޭޓީއެމްތައް މެދުވެރިކޮށް ލޯނަށް ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ލިބެން ހުންނާނެކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްއިން މިހާތަނަށް ވަނީ ށ. އަތޮޅުގެ އިތުރުން 5 އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމްކޮށް ނިންމާފައެވެ. 

އެއީ ހއ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅާއި ކ. އަތޮޅެވެ. ޝަރީފް ވިދާޅުވިގޮތުގައި މިދިޔަ 4 ދުވަހުގެ ތެރޭގައި 18 ރަށެއްގައި އޭޓީއެމް ބަހައްޓާފައިވާއިރު، ބީއެމްއެލްގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް 100 އަށްވުރެ ގިނަ ރަށުގައި އޭޓީއެމް ބަހައްޓައި، ބޭންކުގެ އޭޓީއެމް ނެޓްވޯކުގައި 250 އަށްވުރެ ގިނަ އޭޓީއެމް ހިމެނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް