ads
އުފެއްދުންތެރިކަމުގެ މައުރަޒުގައި ގައިދީންގެ އުފެއްދުންތައް
ގައިދީންނަށް އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުމަށް މައުރަޒުގައި އުފެއްދުންތައް ދައްކާލި
ރޭ އިފްތިތާހުކުރި "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ގައި ގައިދީންނަށް އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، އެމްސީއެސްގެ ބެލުމުގެ ދަށުގައިވާ ގައިދީންގެ އުފެއްދުންތައް ދައްކާލައިފިއެވެ.
Advertisement

މި މައުރަޒުގައި ގައިދީންގެ އުފެއްދުންތައް ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރެސްކޯ) މެދުވެރިކޮށް ބައިވެރިކޮށްފައިވާއިރު، 21 ގައިދީންގެ 16 އައިޓަމް އަދި ހަތަރު އޮފިސަރުންގެ ހަތަރު އައިޓަމް މައުރަޒުގައި ހިމަނާފައިވެއެވެ.

މިމަހުގެ 23 އިން 31 ގެ ނިޔަލަށް ކުރިއަށްދާ މި މައުރަޒުގައި ގައިދީންގެ އުފެއްދުންތައް ބައިވެރިކުރުމުގެ މައިގަނޑު މަގްސަދަކީ ގައިދީންނަށް އެމީހުންގެ ހުނަރުތައް މުޖުތަމައަށް ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމާއި، ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުން ދަސްކޮށްދޭ މަސައްކަތްތަކުން އުފައްދާ ތަކެތި ވިއްކައިގެން އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުންކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

މި މައުރަޒުގައި އުފެއްދުންތައް ދައްކާލުމަށް ބައިވެރިވި ގައިދީންގެ ތެރެއިން ތިން ގައިދީއަކަށް މައުރަޒަށް ޒިޔާރަތްކުރުމުގެ ފުރުސަތު ރޭ ދީފައިވާއިރު، މައުރަޒު ކުރިއަށްދާ މުއްދަތުގައި އިތުރު ގައިދީންނަށްވެސް މި ފުރުސަތު ދޭނެކަމަށް ކަރެކްޝަންސްއިން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް