ads
އިތާފުއްޓަށް ގެނެސްފައި އޮތް ފެރާރީ
އިތާފުށީގައި ފަތުރުވެރިން ދުއްވާލަން 180،000 ޑޮލަރުގެ ފެރަރީއެއް
ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި އޮންނަ ރާއްޖޭގެ އެންމެ އަގު ބޮޑު ޕްރައިވެޓް އައިލެންޑްގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން ދުއްވާލަން 'ފެރާރީ ޓެސްޓާ ރޯސާ ޓީ'އެއް ގެނެސްފިއެވެ.
Advertisement

މި ފެރާރީ ޓެސްޓާ ރޯސާ ޖޭގެ އަގަކީ ގާތްގަނޑަކަށް 180،000 ޑޮލަރު (2.78 މިލިއަން ރުފިޔާ) އެވެ. މުޅި ދުނިޔޭގައިވެސް ފެރާރީ ޓެސްޓާ ރޯސާ ޖޭގެ އުފައްދާފައިވަނީ އެންމެ 299 ކާރެވެ. އޭގެ ތެރެއިން އެއް ކާރު މިހާރު އޮތީ އިތާފުށީގަ އެވެ.

މި ކާރުގެ ސައިޒު އަސްލު ކާރަށް ވުރެ ކުޑަ އެވެ. އެހެންނަމަވެސް  މިއީ އަސްލު ކާރުގެ 75 އިންސައްތަ ނަކަލެކެވެ.

އިތާފުށިން މި ކާރު ގެނެސްފައިވަނީ އެތަނަށް ޗުއްޓީ ހޭދަކުރަން އަންނަ މަހުޖަނުންނަށް ތަފާތު އަދި މަތީ ފަންތީގެ ތަޖުރިބާއެއް ހޯދައިދިނުމުގެ ގޮތުންކަމަށް އެ ރިސޯޓުން ބުނެއެވެ. މިކާރު  އިތާފުށީގައި ބާއްވާ  އެއް އަހަރުގެ މުއްދަތުގައި އެ ރަށަށް ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނަށް އެ ކާރު ޓެސްޓަށް ދުއްވާލުމުގެ ފުރުސަތު ލިބެއެވެ. އަދި އޭގެ ކާރެއް ގަންނަން އޯޑަކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް