އެ ކޮމިޝަނުން ބުނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓުގެ ވޯޓު ކަރުދާސް ޗާޕުކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑުންކަމަށެވެ.
ވޯޓް ކަރުދާސް ޗާޕުކުރި އަދަދުތައް
ވަކިން އޮންނަ ހުޅުދޫ އާއި މީދޫ އަދި ގުޅިފައިވާ ރަށްތަކުގެ އެންމެ ދެކުނަށް އޮންނަ ފޭދޫގައި ރަށު ކައުންސިލް ހެދުމަށް ފެންނަ ނުފެންނަ ވޯޓު ނަގާއިރު މަރަދޫއާއި މަރަދޫފޭދޫގައި އެ ވޯޓެއް ނުނަގައެވެ.
ސަރުކާރުން ބުނަމުން އަންނަނީ މި ވޯޓު ނަގަނީ ރަށު ކައުންސިލް ހެދުމަށް އެދި ރައީސް މުހައްމަދު މުއިއްޒުއަށް ހުށަހެޅުއްވި ރަށްރަށުގަ އެވެ.
މި ވޯޓާ ގުޅިގެން އައްޑޫ ސިޓީގައި ވަނީ ހިޔާލު ތަފާތުވެފައެވެ. އެއް ބަޔަކު ބުނަމުން އަންނަނީ މި ވޯޓަކީ ބައިބައި ވުމުގެ ފެށުންކަމަށެވެ. އަނެއް ބަޔަކު ބުނަމުން އަންނަނީ މި ނިންމުމުގެ ސަބަބުން އައްޑޫ ސިޓީގެ ހުރިހާ ރަށެއް ތަރައްގީ ވާން ފުރުސަތު ލިބޭނެކަމަށެވެ.