
މިއީ ރާއްޖޭގައި ސެމްސަން ގަޑިއަށް އީސިމް ހިދުމަތް ތައާރަފު ކުރި ފުރަތަމަ ފަހަރެވެ.
މި ހިދުމަތުގެ ސަބަބުން ފޯނު ކައިރީގައި ނެތް ވަގުތުތަކުގައިވެސް ސްމާޓްވޮޗުން ސީދާ ގުޅާލެވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މި ހިދުމަތް ލިބޭނީ ރާއްޖެ ސަރަހައްދަށް ބޭނުންކުރެވޭ ސެމްސަން ވޮޗް އަލްޓްރާ 7 އެލްޓީއީ ޑިވައިސްތަކަށެވެ.
މި އީސިމް ޓެކްނޮލޮޖީ މެދުވެރިކޮށް ސެމްސަން ސްމާޓްވޮޗުން ފޯނު ކޯލް ކުރުމާއި ޓެކްސްޓް މެސެޖް ފޮނުވުމާއި މިއުޒިކް ސްޓްރީމް ކުރުމުގެ އިތުރުން އެކިއެކި އެޕްލިކޭޝަންތަކާ ގުޅިފައި ގުޅާލެވޭނެއެވެ.
ސެމްސަން އީސިމް ވެއާބަލްގެ ހިދުމަތް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ވެސް ތިން މަސް ދުވަހަށް އެއްވެސް އަގަކާ ނުލައި މިހާރު ލިބެން ފަށާފައިވެއެވެ. ސެމްސަން ސްރީލަންކާ އާއި ރާއްޖޭގެ މެނޭޖިން ޑިރެކްޓަރު ސަންގްވާ ސޯންގް ވިދާޅުވީ މި ލޯންޗުން ދައްކުވައިދެނީ ޑިޖިޓަލް ލައިފްސްޓައިލް ޕްރޮމޯޓްކޮށް ރާއްޖޭގެ ކަސްޓަމަރުންނަށް މުހިންމު އިނޮވޭޝަންތަކެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރާ އަހައްމިއްޔަތުކަން ކަމަށެވެ. ޕްރޮމޯޝަންގެ މުއްދަތަށްފަހު ކޮންމެ މަހަކު 199 ރުފިޔާގެ ޗާޖެއް މި ހިދުމަތަށް ނަގާނެއެވެ.