ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ދިވެހި ހައްޖާޖީން
މިއަދުން ފެށިގެން ހުކުރު ދުވަހާއި ހަމައަށް އެއާޕޯޓުގައި ބާރުބޮޑުވާނެ: އެމްއޭސީއެ
މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މީހުން ބާރުބޮޑުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފިއެވެ.
Advertisement

އެމްއޭސީއެލްއިން ބުނީ ހައްޖަށް ފުރާ ފަސިންޖަރުންނާ ގުޅިގެން މިމަހުގެ 26 އަދި 30 ވަނަ ދުވަހު ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 2:00 އާއި ހަމައަށް އެއާޕޯޓުގައި މީހުން ގިނަވާނެ ކަމަށެވެ. 

އަދި އެޓާމިނަލް ސަރަހައްދު ތޮއްޖެހި ޕާކިން އޭރިއާގައިވެސް އެކަށީގެންވާ ވަރަށް ޖާގަ ނުލިބޭނެކަމަށް އެމްއޭސީއެލްއިން މައުލޫމާތު ދީފައިވެއެވެ. ވީމާ، މި ދުވަސްތަކުގައި އެއާޕޯޓަށް ކާރުގައި ބަޔަކު ބާލަން ދާއިރު އިންޓަނޭޝަނަލް ޓާމިނަލަށް ވަނުން ހިފަހައްޓާފައިވާނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

"މީހުން ގިނަވާނެ ވަގުތުތަކުގައި އެއާޕޯޓަށް ދަތުރުކުރާއިރު ޓެކްސީ ހިދުމަތް ބޭނުންކުރުމަށް އިލްތިމާސްކުރަން،" -އެމްއޭސީއެލް-

އެމްއޭސީއެލްއިން ހާމަކުރި ގޮތުގައި މި ދެ ދުވަހުގެ ހެނދުނު 10:00 އިން 11:30 އަށް ނަސަންދުރާއިން އެއާޕޯޓަށް ހިލޭ ފެރީ ހިދުމަތް ދެމުން ގެންދާނެއެވެ.

 ފަސިންޖަރުންނާއި އެއާޕޯޓަށް ދަތުރު ކުރާ ފަރާތްތަކުގެ ތަކުލީފު ކުޑަކުރުމަށްޓަކައި މިދެންނެވި އިރުޝާދުތަކަށް އަމަލުކުރުމަށް ވެސް އެމްއޭސީއެލްއިން އެދިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް