
މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހިމެނޭ ނޫ އިކްތިސާދު ކުރިއެރުވުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ގޮންޖެހުންތައް ކުޑަކުރުމަށް ޓަކައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ނޫ އިކްތިސާދު ތައާރަފްކުރުމަކީ މުހިންމު ކަމެއްކަމަށާއި މިހާރުވެސް ދިވެހި މަސްވެރިންނަށް މިކަމުން މަންފާތަކެއް ލިބެމުންދާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނޫ އިކްތިސާދުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ތައްޔާރުކުރާ އުޅަނދުތައް ޑިޒައިންކުރުމުގެ ފުރުސަތު އަވަހަށް ހުޅުވާލާނެކަމަށް މިނިސްޓަރު ވިދާޅުވި. އަދި ދޯނީގައި ގިނަ ދުވަހު އެން ގެންގުޅެވޭނެ ގޮތް ހެދުމަށް ބޭނުންވާ ވަސީލަތްތައް މަސް ދޯނިތަކުގައި ހަރުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ނޫ އިކްތިސާދުގެ ސިޔާސަތަކީ ކަނޑުފަޅުގެ ގުދުރަތީ ވަސީލަތްތަކާއި މާހައުލީ ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އިސްކަންދޭ ސިޔާސަތެއްކަން މިނިސްޓަރު ބަޔާންކުރެއްވިއެވެ.