ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓުގެ ދެ ގޮނޑިއަށް ހަމީދާއި ސަލީމްގެ ނަން ޖޭއެސްސީން ފާސްކޮށްފި
ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދުގެ ނަން ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބޭއްވި ބައްދަލުވުމުގައި ފާސްކޮށްފިއެވެ.
Advertisement

މި ނިންމުމާއެކު، ސުޕްރީމް ކޯޓުގެ ދެ ގޮނޑިއަށް އައްޔަންކުރުމަށް ރައީސް މުހައްމަދު މުއިއްޒަށް ލަފާދިނުމަށް ހަމީދާއި ސަލީމްގެ ނަން ރައީސް އޮފީހަށް ފޮނުވުމަށް ވަނީ ނިންމާފައެވެ.

ޖޭއެސްސީން 12 ބޭފުޅަކާ އިންޓަވިއު ކުރުމަށްފަހު އެންމެ ގިނަ މާކްސް ލިބިފައިވަނީ އަބްދުﷲ ހަމީދާއި މުހައްމަދު ސަލީމަށެވެ. ސުޕްރީމް ކޯޓުގެ ހުސްވި މަގާމުތަކަށް 12 ބޭފުޅުން ކުރިމަތިލާފައިވާއިރު، މާކްސް ދިން ގޮތުގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ. ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވެފައިވަނީ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރާލްދާ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މި މަހުގެ 14 ވަނަ ދުވަހު ފާސްކުރުމާ ގުޅިގެންނެވެ.

ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުން، ޖޭއެސްސީން ފޮނުވާ ނަންތަކުގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ނަމެއް ނުވަތަ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހެއެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން، ހަތް ދުވަހުގެ ތެރޭގައި އެ ބޭފުޅަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރައީސް އައްޔަންކުރައްވަންޖެހެއެވެ. އަޒްމިރާލްދާ އާއި މަހާޒު ވަކިކުރުމުގެ ކުރިން، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މިދިޔަ ފެބްރުއަރީ މަހު ޖޭއެސްސީން ސަސްޕެންޑް ކުރުމާ ގުޅިގެން އިސްތިއުފާ ދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް