ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އައިޖީއެމްއެޗްގެ ސާޖިކަލްވިންގު ރައީސް މުއިއްޒު ހުޅުވައިދެއްވުން
އައިޖީއެމްއެޗްގެ 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް ރައީސް ހުޅުވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިއަދު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސާޖިކަލް ވިންގް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
Advertisement

މި ވިންގްގައި ޖެނެރަލް ސާޖަރީތަކާއި، ނިއުރޯ ސާޖަރީތަކާއި، ޕްލާސްޓިކް ސާޖަރީތަކާއި، އޯތޯ ސާޖަރީތަކާއި އަދި ޔޫރޮލޮޖީގެ ސާޖަރީތައް ކުރާ ބަލިމީހުން އެޑްމިޓްކުރެވޭނެއެވެ. އައިޖީއެމްއެޗްގެ އެނދުގެ ޖުމުލަ އަދަދު މިހާރު ވަނީ 510 އަށް އިތުރުކުރެވިފައެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސާ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ސިއްހީ ދާއިރާގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާފައި ކަމަށެވެ. އަދި މިގޮތުން ފާއިތުވެ ދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އައިޖީއެމްއެޗަށް 194 އެނދު އިތުރުކުރެވިފައިވާ ކަމަށް ބުނެ، ދާއިރާއިން ބޭނުންވާ 411 މުވައްޒަފުން ރެކްރޫޓްކުރުމުގެ ހުއްދަ ލިބިފައިވާ ކަމަށްވެސް އަބްދުއްރައްޒާގް ހާމަކުރިއެވެ.

މި ހަފުލާގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުންނާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ބޯޑްގެ ޗެއާޕާސަން ޑޮކްޓަރު އަބްދުލްއަޒީޒް ޔޫސުފް ވަނީ ބައިވެރިވެފައެވެ. ވިންގް ހުޅުވައިދެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ އެ ތަން ބައްލަވާލައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް