މިދިޔަ އަންގާރަ ދުވަހު ހަވާއީގެ ހޮނޮލުލޫ އިން ލޮސް އެންޖެެލިސްއަށް ދަތުރުކުރި ޔުނައިޓެޑް އެއާލައިންސްގެ ފާހާނާއެއްގެ ލޯގަނޑުގައި ހުރި ލިޔުމަކާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ބޯޓު އަނބުރާ ޖައްސާފައިވާ ކަމަށް އެ އެއާލައިނުން ބުނެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި ބޮމުގެ އިންޒާރާ އަނބުރާ ފްލައިޓު ޖެއްސުމުން ނައިބު ރައީސް ހުސައިން ދެން ވަޑައިގަތީ އެހެން ފްލައިޓެއްގަ އެވެ.
ނައިބު ރައީސް އިންނެވި ފްލައިޓެއްގައި ދިމާވި ހާދިސާއާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް ރަސްމީކޮށް ބަހެއް ނުބުނެ އެވެ. އެ މައްސަލަ އެމެރިކާގެ އެފްއައިބީން އަންނަނީ ތަހުގީގު ކުރަމުންނެވެ.