
ސައުދީ ސަރުކާރުން ކުރި އިއުލާނުގައި ވަނީ، ޒުލްހިއްޖާ މަހުގެ ހަނދު މިރޭ ފެނިފައި ވާކަމަށެވެ. އެހެންކަމުން މާދަމާ އަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް އެ އިއުލާނުގައި ވެއެވެ.
އެހެންކަމުން ހައްޖު ދުވަހަށް ވާނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް ކަމަށާއި އީދު ދުވަހަށް ވާނީ އަންނަ ހަފުތާގެ ހުކުރު ދުވަސް ކަމަށް އެ އިއުލާނުގައިވެ އެވެ.
ސައުދީ ސަރުކާރުން އެގޮތަށް އިއުލާންކުރުމާ އެކު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ރާއްޖޭން ސައުދީގެ ނިންމުމަށް އަމަލުކުރަން ނިންމާފައިވާ ކަން އިއުލާނުކޮށްފަ އެވެ.
ރާއްޖެއިން މި އަހަރު 1،000 މީހުން ހައްޖަށް ދާނެ އެވެ. ހައްޖުވެރިންްގެ ދެ ގުރޫޕެއް އިއްޔެ އާއި މިއަދު ފުރި އިރު ބުރާސްފަތި އަދި ހުކުރު ދުވަހު ވެސް ހައްޖުވެރިން ފުރާނެ އެވެ.
ހައްޖު ދުވަހަކީ އަންނަ މަހުގެ ފަސްވަނަ ދުވަހަށް ވާއިރު އެ ދުވަހުގެ ހުތުބާ މައްކާގެ މަސްޖިދުއްނަމިރާގައި ދެއްވާނީ މަސްޖިދުލްޙަރަމްގެ އިމާމު ސޯލިހު ބުން އަބްދުالله ހުމައިދު ކަމަށް ސައުދީ ރަސްގެފާނު ވަނީ މީގެ ކުރިން ނިންމަވާފަ އެވެ.