ads
ބަންގްލަދޭޝަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު ޝިއުނީން ރަޝީދާ އާއި ބަންގްލަދޭޝްގެ ކޮމާސް އެޑްވައިޒަރު އެސްކޭ ބަޝީރު ބައްދަލުކުރެއްވުން
ދިވެހިން ބަގުލަދޭޝްގައި އިންވެސްޓުކުރަން އެ ގައުމުން ގޮވާލައިފި
ދިވެހި ވިޔަފާރިވެރިން ބަންގްލަދޭޝްގައި އިންވެސްޓް ކުރުމަށް ބަންގްލަދޭޝްގެ ކޮމާސް އެޑްވައިޒަރު އެސްކޭ ބަޝީރު އުއްދިން ގޮވާލައިފައެވެ.
Advertisement

އޭނާ މިހެން ގޮވާލެއްވީ އާދިއްތަ ދުވަހު ބަންގްލަދޭޝަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު ޝިއުނީން ރަޝީދާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ކޮމާސް އެޑްވައިޒަރު ވިދާޅުވީ ބަންގްލަދޭޝަކީ ޕްލައިވުޑް، ހޮޅި، ޓައިލްސް އަދި ފެންވަރު ރަނގަޅު ބިއްލޫރި ފަދަ ތަކެތި އުފައްދާ ގައުމަކަށް ވެފައިވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް ބޭނުން ކުރެވިދާނެ ބާވަތްތަކެއް ކަމަށް ކޮމާސް އެޑްވައިޒަރު ފާހަގަކުރެއްވިއެވެ. މިއީ ދެގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ކުރެވިދާނެ ދާއިރާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މި ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ދެގައުމުގެ އިކޮނޮމީއަށް ފައިދާވާނެ ގޮތަށް މަސައްކަތްތައް ކުރުމާމެދު މަޝްވަރާކުރެވުނެވެ. އެގޮތުން ބަންގްލަދޭޝްގެ ކޮމާސް އެޑްވައިޒަރު ފާހަގަކުރެއްވީ ރާއްޖެއަށް ހުނަރުވެރި މީހުން ތަމްރީނުކޮށްދިނުމުގައި ބަންގްލަދޭޝަށް އެހީތެރިވެވިދާނެ ކަމަށެވެ. 

ހައިކޮމިޝަނަރު ޝިއުނީން ވިދާޅުވީ ދެގައުމުގެ ދެމެދުގައި އޮތީ އެއްބަނޑު އެއްބަފާ ގުޅުމެއް ކަމަށާއި، ބައިލެޓަރަލް ވިޔަފާރި އިތުރުވުމުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް