ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ދިވެހި އުފެއްދުންތައް އެކްސްޕޯޓްކުރުމަށް ހުރި ދަތިތައް ދެނެގަތުމަށް ދިރާސާތަކެއް ހަދަން އެއްބަސްވުން
ދިވެހި އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް ހުރި ދަތިތައް ދެނެގަތުމަށް ދިރާސާތަކެއް ހަދަނީ
ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް ބޭރު ގައުމުތަކަށް އެކްސްޕޯޓް ކުރުމަށް ހުރި ދަތިތައް ދެނެގަތުމަށް ދިރާސާތަކެއްހެދުމަށް ސަރުކާރުން ނިންމައިފި އެވެ.
Advertisement

މި ދިރާސާތައް ހަދަން ނިންމާފައި ވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެންނެވެ. އެގޮތުން މިހާރު ވަނީ މިކަމަށްޓަކައި ދެ ފަރާތުން އެއްބަސްވުމެއްގައި ސޮއި ވެސް ކޮށް އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެ އަށް ކަނޑައަޅުއްވާފައި ރެޕްރެޒެންޓެޓިވް ސަފީރު އެންރީކޯ ގަވޭލިއާ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ގާއިމްކޮށް 2030ގެ ކުރިން ރާއްޖޭގެ މުޅި އުފެއްދުންތެރިކަމުގެ %15 ހިއްސާއަކީ ކްރިއޭޓިވް އިންޑަސްޓްރީކަމަށް ހެދުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ. މިކަން ކުރުމަށް ރާއްޖެއިން ބޭރަށް މުދާ އެކްސްޕޯޓު ކުރުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގޮންޖެހުތަކެއް ހުރިކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ގިނަ އަދަދަކަށް މަސް ނުވަތަ ސީފުޑް ބާވަތްތައް އެކްސްޕޯޓް މިކުރަނީ. އޭގެ އިތުރަށް އެކްސްޕޯޓަބަލް ނުވަތަ މާކެޓަށް ނެރެވިދާނޭ ބާވަތްތައް އެބަހުރި ޝައްކެއްވެސް ނެތް. އެހެން ނަމަވެސް އެކަން ކުރުމަށް ހުރަސްތަކެއް އެބަހުރި، އެހެންވީމަ މި ޕްރޮގްރާމުގެ ތެރެއިން އެ ޗެލެންޖެސްތައް އައިޑެންޓިފައިވެ އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ހުޅުވިގެން ދާނެ. އެހެންވީމަ ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތައް ބާރު ލިބޭގޮތަށް ޔޫއެންޑީޕީން މި ފެއްޓެވި އިނީޝިއޭޓިވްއަށް އަޅުގަނޑު ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން." ސައީދު ވިދާޅުވި އެވެ.



މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެންރިކޯ ގަވޭލިއާ ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ބަލައި އެހީތެރިވުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އެޖަމިއްޔާ އަދި އދ. ގެ އެހެނިހެން ގުނަވަންތައް މެދުވެރިކޮށް މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ. އަދި އިގްތިސޯދު ސިންދަފާތު ކުރުމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދޭނެކަމަށް އޭނާ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ވިޔަފާރިތަކަށް އެކްސްޕޯޓު ކުރުމުގައި އެކި ދާއިރާތަކުން ހުރި ދަތިތައް ދެނެގަނެވޭނެ ކަމަށެވެ. އެގޮތުން އެއްބަސްވުމުގެ ދަށުން ދިވެހި ވިޔަފާރިތަކަށް ބައިނަލްއަގުވާމީ މާކެޓުގައި ހަރަކާތްތެރިވުމަށް، މިހާރު ދިމާވާ ދަތިތަކަށް މި ދިރާސާއިން ހައްލު ލިބިގެން ދާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް