
ޕޮލިސް މައި އޮފީސް
ދަރިވަރެއްގެ އިނގިލި އަނބުރާލި ކަމަށް ތުހުމަތުކުރާ ޓީޗަރު ހައްޔަރުކޮށްފި
އަލީ މިދުހަތު
28 މޭ 2025 - 15:53:11
ތ. ކަނޑޫދޫ ސްކޫލުގެ ދަރިވަރެއްގެ އިނގިލީގައި ހިފައި އަނބުރާލި ގޮތަށް ހުޅުން އަނބުރާ ނައްޓާ ބިދޭސީ ޓީޗަރު ހައްޔަރުކޮށްފި އެވެ.
އިންޑިއާ ޓީޗަރަކަށް ތުހުމަތު ކުރާ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ތުހުމަތުވާ ޓީޗަރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އިއްޔެ ކަމަށެވެ. ނަމަވެސް އަދި ބަންދުގެ މުއްދަތު އިތުރު ނުކުރާ ކަމަށް ބުންޏެވެ.
މި މައްސަލާގައި އަނިޔާ ލިބުނު ކުއްޖާއަށް ވަނީ ފަރުވާ ދީފަ އެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް