ads
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅާ 4000 ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތް ނިމިފައި
ގެދޮރުވެރިޔާ ސްކީމުގެ 4000 ފުލެޓުގެ އާ އުސޫލު އިއުލާންކޮށްފި
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 4000 ފުލެޓާ ގުޅޭގޮތުން ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު އާ އުސޫލެއް އިއުލާންކޮށްފިއެވެ.
Advertisement

އެމްޑީޕީ ވެރިކަމުގައި 2023 ވަނަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު އިއުލާންކުރި ފުލެޓު ލިބޭ ފަރާތްތަކުގެ ލިސްޓަށް ބަދަލުތަކެއް ގެނެސް، ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކޮށްފައިވާ ސިޔާސަތާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައިކަމަށް އެ މިނިސްޓްރީން ކުރި އިއުލާމުގައި ބުނެފައިވެެއެވެ. 

މިނިސްޓްރީން އިއުލާންކޮށްފައިވާ ގޮތުގައި ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023 ގައި ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އިއުލާންކުރި ލިސްޓުގައި ފުލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކެވެ. ނަމަވެސް އެލިސްޓުގައި ޝަރުތު ހަމަނުވާ ފަރާތްތައް ހިމެނޭނަމަ އެފަރާތްތައް ލިސްޓުން އުނިކުރެވޭނެއެވެ. އެގޮތުން 26 ޖޫން 2022 ގެ ތާރީހުން 15 އަހަރު ކުރީގެ ތާރީހެއްގައި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާކަން އެނގޭ ފަރާތްތަކުގެ ތެރެއިން، މާލެ ނޫން އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރިކަން ސަރުކާރުގެ ލިޔެކިޔުންތަކުން ސާބިތުނުވާނަމަ، އެފަރާތްތައް ބަލާނީ މެދުނުކެނޑި މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކެއްގެ ގޮތުގައެވެ.

ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގެދޮރުވެރިޔާ ސްކީމުން ފުލެޓު ލިބޭނީ، އެގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށެވެ. އަދި ފުލެޓު ލިބޭ ފަރާތްތަކުގެ ލިސްޓުގައި ދެމަފިރިން ހިމެނިފައިވާނަމަ ފުލެޓު ލިބޭނީ އެދެމަފިރިންގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށެވެ. ފުލެޓު ލިބޭ ފަރާތްތަކުގެ ތެރެއިން ލިސްޓުން އުނިވާ ފަރާތްތަކުގެ ބަދަލުގައި ފުލެޓު ލިބޭނީ ގުރުއަތަށް ދާނެކަމަށް ކަނޑައަޅާފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކަށެވެ.

17%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް