ads
ރައީސް މުއިއްޒު ދިވެހި ވަތަނީ ހިދުމަތުގެ މުދައްރިބުންނާ ބައްދަލުކުރެއްވުން
ވަތަނީ ހިދުމަތުގެ ޕްރޮގްރާމް ކާމިޔާބުކުރާނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތް: ރައީސް
ވަތަނީ ހިދުމަތުގެ ޕްރޮގްރާމް ކާމިޔާބުކުރުމަށް ދިވެހި ސިފައިންނާމެދު ފުރިހަމަ އިތުބާރު އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

މިއަދު ބަންޑާރަ ކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ މުދައްރިބުންނާ ބައްދަލުކުރެއްވުމަށްފަހު ރައީސް ވިދާޅުވީ، މި ޕްރޮގްރާމަކީ ގައުމަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށާއި ދިވެހި ޒުވާނުން ގައުމަށް ފައިދާހުރި ބޭނުންތެރި ބަޔަކަށް ހެދުމަށް ޓަކައި ހިންގޭ ވަރަށް މުހިންމު ވަތަނީ މަސައްކަތެއްކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ޕްރޮގްރާމަކީ މުޅިން އަލަށް ފެށޭ ކަމަކަށްވާތީ، ކަމުގެ މުހިންމުކަން ދެނެތިބެ ވިސްނުންތެރިކަމާއެކު ސަމާލުކަން ދީގެން ކުރިއަށް ގެންގޮސްދެއްވުމަށް ސިފައިންގެ ކިބައިން އެދިވަޑައިގަންނަވާކަމަށާއި މި މަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްދެއްވުމުގައި ދިވެހި ސިފައިންނާމެދު އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އެބައޮތެވެ. އަދި "ދިވެހި ގައުމު ފަހުރުވެރިވާ ފަދަ ގޮތުގައި މި ޕްރޮގްރާމް ސިފައިން ކުރިއަށް ގެންދަވާނެކަން ޔަގީންކުރާކަމަށް،" ވެސް ވިދާޅުވިއެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ރައީސް މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ މަތިން ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް އިސްކަންދީގެން ހިންގުމަށް ހަމަޖެހިފައިވާ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

your imageރައީސް މުއިއްޒު ދިވެހި ވަތަނީ ހިދުމަތުގެ މުދައްރިބުންނާ ބައްދަލުކުރެއްވުން 

 މި ޕްރޮގްރާމްގައި ކުރިއަށް އޮތް ހަތަރު އަހަރު ކޮންމެ އަހަރަކު 1000 ފަރާތެއް ތަމްރީނުކުރުމަށް ރާވާފައިވާއިރު މިހާތަނަށް 891 ކުދިން އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ފަރާތަކަށް އެލަވަންސެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް