ads
މެޓް އޮފީހުންވަނީ ޔެލޯ އެލަރޓް ނެރެފައި
އުތުރާއި މެދުރާއްޖެތެރެއަށް ނެރުނު ޔެލޯ އެލާޓުގެ ވަގުތު އިތުރުކޮށްފި
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ހއ. އަތޮޅުން ވ. އަތޮޅަށް ނެރެފައިވާ ޔެލޯ އެލާޓް މިރޭ 23:30 އާ ހަމައަށް ދަމަހައްޓައިފިއެވެ.
Advertisement

ކުރިން 14:30 އިން 18:30 އާ ހަމައަށް އިން ސަމާލު މިރޭގެ ލަސް ވަގުތަކާ ހަމައަށް އިތުރުކޮށްފައިވަނީ އެ ހިސާބުތަކަށް ކަނޑުތައް ގަދަވެ، ވައި ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީއެވެ.

މެޓުން ނެރެފައިވާ ޔެލޯ އެލާޓުގައި ބަޔާންކޮށްފައިވާ ގޮތުން، އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާ ދުވަސްވަރެއް ކަމަށްވެފައި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރަމުންދާކަން މެޓްއިން ބުނެފައިވެއެވެ.

ގދ. މަޑަވެއްޔާއި އެއަތޮޅު ހޯނޑެއްދޫއަށް ވަނީ އުދައަރައި، ބައެއް ގެތަކަށް ފެން ވަދެފައެވެ. މޫސުން ގޯސްވަމުންދާއިރު މެޓުން އަބަދުވެސް އިލްތިމާސްކުރަނީ ދަތުރުކުރާ ފަރާތްތަކުން ދަތުރުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް