ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފިނޭންސް މިނިސްޓަރު ޒަމީރު މަޖިލީހުގައި ވާހަކަ ދައްކަވަނީ
ބަޖެޓް ހަރަދުތައް ކުޑަކޮށް 1.1 ބިލިއަން ރުފިޔާ ސާޕްލަސްއަކަށް
ސަރުކާރުން މިއަހަރު ކޮށްފައިވާ ހަރަދުތައް މިދިޔަ އަހަރާ އަޅާބަލާއިރު 17.9 ޕަސަންޓު ދަށަށް ގޮސްފައިވާކަމަށާއި، މީގެ ސަބަބުން ދައުލަތުގެ ބަޖެޓު 1.1 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
Advertisement

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޖުމުލަ 13.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މިއަހަރުގެ ނިޔަލަށް ދައުލަތުން ކޮށްފައިވާ ހަރަދުތަކަށް ބަލާއިރު ރިކަރަންޓް ހަރަދު 3.8 ޕަސަންޓު ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު 64.2 ޕަސަންޓަށް ދަށްވެފައިވެއެވެ. އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ހަރަދު 70.3 ޕަސަންޓު ދަށްވެފައިވާއިރު، މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ހަރަދު 27.1 ޕަސަންޓު ދަށްވެފައިވެއެވެ. އަދި ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 15.7 ޕަސަންޓު ދަށްވެފައެވެ. އެހެންނަމަވެސް އާސަންދައަށާއި، ހިދުމަތްދިނުމުގެ ބޭނުމަށް ހޯދާ ތަކެއްޗަށާއި، ލޯނުގެ ހިދުމަތަށް ހަރަދުކޮށްފައިވާ މިންވަރު، މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން، ކެޕިޓަލް ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ. އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މިއަހަރުގެ ތެރޭގައި ހަރަދުކޮށްފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 801.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމާ ގުޅޭ ތަފާތު މަޝްރޫއުތަކަށެވެ. މިދިޔަ އަހަރު ޕީއެސްއައިޕީ ބަޖެޓުން ގިނަ ހަރަދުތަކެއް ކޮށްފައިވަނީ ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫއުތަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް