ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ކޮންސްޓްރަކްޝަން މަސައްކަތް: ފޮޓޯ އެޓޯލް ޓައިމްސް
ފަސް ޕަސަންޓުގެ އިންޓްރެސްޓުގައި ދޫކުރާ ހިޔާވެހި ލޯނަށް ހުށަހެޅުމުގެ ސުންގަޑި ކައިރިވެއްޖެ
ގެދޮރު އިމާރާތް ކުރަން ބޭނުންވާ ފަރާތްތަކަށް ފަސް ޕަސަންޓުގެ އިންޓްރެސްޓު ރޭޓުގައި 25 އަހަރުން އަނބުރާ ދެއްކޭ ގޮތަށް ދޫކުރަން ނިންމާފައިވާ ހިޔާވެހި ފައިނޭންސިން ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ ހޮނިހިރު ދުވަހުގެ ރެއަށް ހަމަވާނެ ކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.
Advertisement

ހިޔާވެހި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު 8 ވަނަ ދުވަހު ގަ އެވެ. މި ލޯނަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅޭނީ ހައުސިން މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ. އަދި ލޯނަށް އެދި ހުށަހެޅޭނީ އަންނަ ހޮނިހިރު ދުވަހުގެރޭ 11:59 އާ ހަމައަށެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ދޫކުރާ ހިޔާވެހި ލޯން ސްކީމަކީ ތިން ކެޓެގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދާ ސްކީމެކެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ހުރިހާ ރަށްތަކަށް ހާއްސަކޮށްފައިވާ "ހިޔާވެހި ރަށްވެހި" އާއި އާބަން ސެންޓަރުތަކަށް ހާއްސަކޮށްފައިވާ "ހިޔާވެހި ސަހަރު" އަދި މާލެ ސަރަހައްދަށް ހާއްސަކޮށްފައިވާ "ހިޔާވެހި ފުރަމާލެ" އެވެ. ހިޔާވެހި ރަށްވެހި ކެޓެގަރީގެ ދަށުން އެންމެ ބޮޑުކޮށް ކޮންމެ އެޕްލިކޭޝަނަކަށް ދޫކުރަނީ އެއް މިލިއަނެވެ. ހިޔާވެހި ސަހަރަށް ތިން މިލިއަން އަދި ހިޔާވެހި ފުރަމާލެއަށް ހަ މިލިއަން ރުފިޔާ ދޫކުރާނެ ކަމަށް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ހިޔާވެހި ސްކީމުގެ ދަށުން ލޯނު ދޫކުރަނީ ކޮންމެ މީހަކު ވެސް ފުރަތަމަ އިމާރާތް ކުރާ ގެއަށެވެ. އެގޮތުން އެކި ކެޓެގަރީތަކުގެ ދަށުން ދޫކުރާ ލޯނުގެ އަދަދު ތަފާތުވުމުގެ އިތުރުން ދައްކަންޖެހޭ އަގު ވެސް ތަފާތެވެ. އެއީ ހިޔާވެހި ރަށްވެހިއަށް އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެ ނަމަވެސް ހިޔާވެހި ސަހަރަށް ފަސް ޕަސަންޓުގެ އިކުއިޓީއެއް ދައްކަންޖެހެނެއެވެ. އަދި ހިޔާވެހި ފުރަމާލެއަށް 10 ޕަސަންޓުގެ އިކުއިޓީއެއް ދައްކަން ޖެހެއެވެ. ހިޔާވެހި ސްކީމުގެ ދަށުން ލޯނުގެ ގޮތުގައި ދޫކުރުމަށް ދެ ބިލިއަނާއި ފަސް ބިލިއަނާ ދެމެދުގެ އަދަދެއް ވަނީ މި އަހަރަށް ލަފާ ކުރާ ބަޖެޓުގައި ހިމަނައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް