ads
އަލީ އާލިމް ހައިކޯޓުގައި
މާބަނޑު މީހާ މަރުވުން: ދެ މަހު ރޯދަ ހިފުމާއެކު މަރުގެ ދިޔަ ނަގައިދޭން ހުކުމެއް
މާލޭގައި ހިނގި އެކްސިޑެންޓެއްގައި މާބަނޑު އަންހެނަކު ނިޔާވި މައްސަލައިގެ ކުށް ސާބިތުވި މީހާގެ މައްޗަށް ކައްފާރާގެ ގޮތުގައި ދެ މަސް ދުވަހު ރޯދަ ހިފުމަށާއި، އަދި މަރުގެ ދިޔަ ނަގައިދިނުމުގެ އިތުރުން 10 އަހަރަށް އެއްގަމު އުޅަނދުގެ ލައިސެންސް ނުދެވޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
Advertisement

މިއީ، 2015 ވަނަ އަހަރު މާލޭގައި ހިނގި އެކްސިޑެންޓެއްގައި ހއ. ހޯރަފުށީ ގާތުގިރި އަޒްލީލާ އަލީ ނިޔާވި ހާދިސާއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސައިކަލު ދުއްވީ އޭރު ސައިކަލު ދުއްވުމުގެ ލައިސެންސް ނެތް، ސ. މީދޫ އިރާސްމެކުގެ އަލީ އާލިމްއެވެ.

މި މައްސަލައިގައި އާލިމްގެ މައްޗަށް ކުރިން އޮތީ ކުށް ސާބިތު ނުވެއެވެ. އެހެންނަމަވެސް މި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުގައި މި މައްސަލަ ނިމުނީ އަލީ އާލިމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިގެންނެވެ.

މި މައްސަލައިގައި ކުށް ސާބިތުވާ ކަމަށް މިދިޔަ ހަފްތާގައި ކަނޑައެޅިނަމަވެސް މައްސަލައިގައި ހުކުމް އިއްވީ މިއަދުއެވެ. މިއަދުވެސް މި މައްސަލައިގައި ދިގު އަޑު އެހުންތަކެއް ބާއްވާ އަދަބާ މެދު ވާހަކަ ދެއްކިއެވެ.

މި މައްސަލައިގައި ހައިކޯޓުން މިއަދު ހުކުމް ކުރީ، އާލިމްގެ މައްޗަށް ދެ މަސް ދުވަހުގެ ރޯދަ ހިފުމަށް ކައްފާރާއެއްގެ ގޮތުގައި ހުކުމް ކުރުމާއިއެކު، އަދި މަރުގެ ދިޔަ ނަގައިދިނުމަށް ނިޔާވި މީހާގެ ވާރިސުންގެ ބަސް ހޯދުމަށާއި 10 އަހަރު ދުވަހަށް އާލިމްގެ ލައިސެންސް ހިފަހައްޓާށެވެ.

މި ހާދިސާގައި އަނިޔާވި އަންހެން މީހާ ނިޔާވީ، އެކްސިޑެންޓްގައި އަނިޔާވެ ލިބުނު ސީރިއަސް ޒަހަމްތަކަށް ފަރުވާ ދެވެމުން ދަނިކޮށެވެ. އަންހެން މީހާ ނިޔާވީ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. އެ ހާދިސާގައި އަންހެން މީހާއާއެކު ހުރި އޭނާގެ ދަރިފުޅަށް ވެސް ވަނީ އަނިޔާތަކެއް ލިބިފަ އެވެ. އެ ކުއްޖާގެ ބޯ ދުޅަވެ، ފައި ކަށި މައްޗާއި އޮޅަބޮށި މަށައިގެން ގޮސްފައިވާ ކަމަށްވެ އެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް