ads
އާއިޝާ ނޫރައިން ޖަނާހު: ފޮޓޯ:ޑެމިއަން
އެމްއޭސީއެލްގެ ޗެއާޕާސަނަކަށް ނޫރްއައިން
އެމްއެމްޕީއާރްސީގެ ކުރީގެ ޗެއާޕާސަން ނޫރްއައިން ޖަނާހު، މިއަދު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކޮށްފިއެވެ.
Advertisement

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ހ. ސީސައިޑް، ނޫރްއައިން މި މަގާމަށް އައްޔަންކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

ނޫރްއައިން އަކީ ޗާޓަޑް އެކައުންޓެންޓެއް ކަމަށްވާއިރު، އެކައުންޓިން ދާއިރާގެ ގިނަ ވަޒީފާތަކެއް ނިއުޒިލެންޑްގައި އަދާކޮށްފައިވެއެވެ. ރާއްޖެ އަށް ދިރިއުޅުން ބަދަލުކުރުމުގެ ކުރިން، އޭނާ ވަނީ ދުނިޔޭގައި މަޝްހޫރު "އާނެސްޓް އެންޑް ޔަންގް" ގެ ދަށުން ހިންގާ ކުންފުންޏެއްގެ މެނޭޖަރުގެ މަގާމުގައި މަސައްކަތްކޮށްފައެވެ. 

އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުން ނޫރްއައިން އިސްތިއުފާ ދިނީ މިދިޔަ އަހަރުގެ މޭ މަހު، އެ މަގާމުގައި ހަ އެއްކަ މަސްދުވަހު މަސައްކަތް ކުރުމަށް ފަހު ކުއްލި ގޮތަކަށެވެ. ނަމަވެސް އެ މަގާމުން އިސްތިއުފާ ދިން ސަބަބެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުގައި އެންމެ ފަހުން ހުރީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ. ބަލި ހާލަތު ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ދަތިތަކެއް ކުރިމަތިވާ ކަމަށް ބުނެ އޭނާ އިސްތިއުފާ ދިނީ މިދިޔަ އަހަރުގެ ޖެނުއަރީ 28 ވަނަ ދުވަހުއެވެ. 

މިއަދު ޕީސީބީން އައްޔަންކުރި އެހެން މަގާމެއްގެ ގޮތުގައި، ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު ޝަހީރު ހަމަޖައްސާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް