ads
ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
މީހުންނާއެކު އެއް ކޮޓަރިއަކަށް ވަދެ ރޮއެފަ ހުންނާނެ: މިނިސްޓަރު
ފްލެޓް ބޭނުންވާ ފަރާތްތަކުގެ ހާލަތު ބެއްލެވުމަށް، ވެށިފަހީގައި އުޅުއްވި ދުވަސްވަރު މީހުންގެ ހާލަތު އަޑުއެއްސެވުމަށްފަހު އެމީހުންނާއެކު ކޮޓަރިތެރޭގައި ރޮއިވެސްފައި ހުންނާނެ ކަމަށް، ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
Advertisement

މިއަދު ގެދޮރުވެރިޔާ ފްލެޓް ލިސްޓާއި ގުޅޭގޮތުން ރައީސް އޮފީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ފްލެޓް ލިބިފައިވާ ފަރާތްތަކުން ފޮނުވާ މެސެޖުތަކަށް ޖަވާބު ނުދެއްވި ނަމަވެސް، އެ މެސެޖުތައް ކިޔުއްވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިމޯޝަނަލް ކަންތައްތަކުގެ ތެރެއަށް ވަންނަން އެހާ ބޮޑަށް ބޭނުންފުޅު ނުވާ ކަމަށާއި، މީހުންގެ ތެރެއަށް ނުކުމެ ދެކެވޭ ވާހަކަތަކުން އަންނަ އިމޯޝަންތަކުން މިނިސްޓަރު ނަންގަވާ ޑެސިޝަންތަކަށް އަސަރު ކުރުވަން ބޭނުންފުޅު ނުވާކަމަށެވެ.

"އަޅުގަނޑު އަސްލު ޖަވާބު ނުދެނީ އެ އިމޯޝަނަލް ކަންތައްތަކުގެ ތެރެއަށް ވަންނަން އަޅުގަނޑު އެހާ ބޮޑަށް ބޭނުންނުވަނީ," މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މުއްތަލިބު އިތުރަށް ވިދާޅުވީ މިހާރުވެސް ފްލެޓް ލިސްޓު ވެލިޑޭޓް ކުރަމުން އަންނަނީ ކުރިން ވެސް ނެރުނު ފްލެޓް ލިސްޓު ކަމަށާއި، އިތުރު ލިސްޓެއް ނުވަތަ އިތުރު ބަޔަކު ލިސްޓަށް ނުލައްވާ ކަމަށެވެ. 

"މުޅި ހަތަރުހާސް ތިންސަތޭކަ ތިރީން ނުވަ ފްލެޓް ބަލާއިރުގަ ގުރުއަތަށް ދާނެކަމަށް ކަނޑައަޅާފައި ތިއްބައި ޝަރުތު ހަމަނުވާ ބަޔަކު އޭގެތެރެއަށް ވަދެފައި ތިބީ," މިނިސްޓަރު ވިދާޅުވިއެވެ.

ކުރިން ފްލެޓް ނުލިބޭނެކަމަށް ކަނޑައެޅި ފަރާތްތަކަކަށް މިހާރު ފްލެޓް ލިބިފައިވާ ކަމަށާއި، ނަމަވެސް މުޅި ލިސްޓަކަށް ބަދަލެއް ނާންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ ޝަރުތު ހަމަނުވާކަން ސާބިތުކުރެވޭ ފަރާތްތައް ލިސްޓުން އުނިކުރެވޭނެ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި ފަސް އަހަރު ދުވަހުގެ ބްރޭކެއް ދިނުމަށްފަހުގައިވެސް ލިސްޓުގައި ތިބި ދެބައިކުޅަ އެއްބައި ފަރާތްތަކުގެ ޝަރުތު ހަމައެއް ނުވެއެވެ. ފްލެޓަށް އެދޭ ފަރާތްތަކުގެ ޝަރުތު ހަމަވާނެ ގޮތަށް ލިޔެކިޔުންތަކުން ސާބިތުކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިނިސްޓްރީން ޕޮޒިޝަން ނަގާފައިވަނީ އެންމެން ޝަރުތު ހަމަވާކަމަށް ބަލައިގެން ކުރިއަށް ދިއުމަށް ކަމަށެވެ.

މިގޮތަށް ޕޮޒިޝަން ނެގުމުގެ އެއް ސަބަބަކީ ދޮޅު އަހަރުވެފައިވާ ފްލެޓްތައް ހުސްކޮށް ބޭއްވުމުން ދައުލަތަށް މަހަކު ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ ގެއްލުން ވަމުންދާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ފްލެޓްތަކަށް ނެގި ލޯނުތައް މިހާރު ދައްކަން ފަށާފައިވާއިރު، ފްލެޓްތަކަށް މީހުން ވެއްދުން ލަސްވުމަކީ ބޮޑު ގެއްލުމެއް ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް