މި މައްސަލައިގައި ބައްޕަގެ މައްސަލަ އަލުން ބަލަން ހައިކޯޓުން މިއަދު އަމުރުކުރިއިރު، އެ ބައްޕަހުރީ 15 އަހަރުގެ ޖަލު ހުކުމެއްގައެވެ. އެއީ، އޭނާގެ ހަ އަހަރުގެ ދަރިފުޅާ ބެހުނު މައްސަލައިގައެވެ.
މި މައްސަލައިގެ ޝަރީއަތް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ އާއްމުކޮށް ހުޅުވާނުލައެވެ. އެއީ އަނިޔާ ލިބުނު ކުޑަ ކުއްޖާގެ މަސްލަހަތުގައެވެ.
މި މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން މިއަދުވަނީ އެ މައްސަލަ އަލުން ބަލަން އަމުރުކޮށްފައެވެ.