
ރައީސް މުއިއްޒުގެ ދެ ކަނބަލުން
މިއަހަރު ހައްޖަށް ދަން، އަޅުގަނޑާއި މެދު ސައުދީ ގެންގުޅެނީ ހާއްސަގޮތެއް: ރައީސް
މުހައްމަދު އާދަމް އަހްމަދު
30 މޭ 2025 - 14:42:50
މިއަހަރު ހައްޖަށް ވަޑައިގަންނަވާކަމަށާއި ސައުދީ ސަރުކާރުން އެމަނިކުފާނާއި މެދު ގެންގުޅުއްވަނީ ހާއްސަ ގޮތެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާއި އެކު ނަމުގައި ރައީސް އޮފީހުން ގެނެސްދޭ ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސައުދީ ސަރުކާރުން ދެއްވި ދައުވަތަށް އެމަނިކުފާނުގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގަންނަވާކަމަށެވެ. އަދި ސައުދީ އެމަނިކުފާނަށް ކަންކަން ހަމަޖައްސާދީފައިވަނީ ވަރަށް ހާއްސަ ގޮތަކަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
" ދެން އަޅުގަނޑަށް ވަރަށް ހާއްސަ ގޮތަކަށް މިކަން ކަން ހަމަޖައްސާދީފައި މިއޮތީ. ވަކިން ފްލައިޓެއްވެސް ވަނީ ހަމަޖައްސާދީފައި، ދެން އެއީވެސް ސަރުކާރުން އެއްވެސް ހަރަދެއް ކުރަންޖެހޭ ކަމެއް ނޫން. ސަރުކާރުން ޗާޓަރެއްވެސް ނުކުރަން ހަމަ ހިލޭ ރޯޔަލް ކޯޓުން ހަމަޖައްސާދީފައި. މީ ހަމަ ސައުދީ މެހެމާންދާރީގެ ތެރެއިން ސައުދީ ރޯޔަލް ކޯޓުން ހަމަޖައްސާދީފައިވާ ކަންކަން" ރައީސް ޑރ، މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ހައްޖުގެ އަޅުކަމަށް ވަޑައިގަންނަވަނީ ދިވެހިންނަށް ސައުދީން ދީފައިވާ ކޯޓާގެ ތެރެއިން ނޫން ކަމަށާއި މިއީ ސަޢޫދީ ސަރުކާރުގެ ފަރާތުން ދެއްވާ ހާއްސަ ދަތުރެއް ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް