
ހައްޖުވެރިންގެ ފަހު ގްރޫޕް މިއަދު ފުރަނީ
މިއަހަރު ހައްޖަށްދާ ހުރިހާ ދިވެހިން ފުރައިފި
މުހައްމަދު އާދަމް އަހްމަދު
30 މޭ 2025 - 18:56:24
މިއަހަރު ރާއްޖެއިން ހައްޖަށް ދާ ދިވެހިންގެ ފަހު ގްރޫފް މިއަދު ފުރައިފިއެެވެ.
މިއަދު ފުރި ހައްޖުވެރިން ފުރުމުން މިއަހަރު ރާއްޖެއިން ހައްޖަށްދާ އެންމެން ފުރާ ނިމުނީއެވެ.
ހައްޖުވެރިންގެ ފަހު ގްރޫޕްވެސް ފުރީ ގައުމީ އެއާލައިން މޯލްޑިވިއަން ގައެވެ. މިއީ މޯލްޑިވިއަނުން މި ފަހަރު ހައްޖާޖީން ގޮވައިގެން ދަތުރުކުރާ ތިންވަނަ ފްލައިޓެވެ.
މި އަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިން ފުރަން ފެށީ މިދިޔަ ހޯމަދުވަހުއެވެ.
މިއަހަރު ރާއްޖެއިން ހައްޖަށްދާ 1000 ހައްޖުވެރިންގެ ތެރެއިން 499 ހައްޖުވެރިން މިހހާރު ތިބީ މައްކާގައެވެ. މި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ދިވެހި ހައްޖުމިޝަނުން ވަނީ ބުނެފައެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެ ކަނބަލުންވެސް ބައިވެރިވަޑައިގަންނަވާނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް