ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އެމްޓީޑީސީގެ ހިއްސާއަކަށް 50 ލާރި ބަހަން ފާސްކުރުން
އެމްޓީޑީސީގެ ހިއްސާއަކަށް 50 ލާރި ބަހަން ނިންމައިފި
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ ހިއްސާއަކަށް 50 ލާރި ބަހަން ނިންމައިފި އެވެ.
Advertisement

އެމްޓީޑީސީއިން މިގޮތަށް ފާސްކޮށްފައިވަނީ ހޮޓެލް ޖެންްގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ.

އެމްޓީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 50 ލާރި ބެހުމަށް ފާސްކުރ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99 ޕަސެންޓްގެ ވޯޓުންނެވެ. މިދިޔަ އަހަރު އެ ކުންފުނިން ހިއްސާއަކަށް ބެހީ 60 ލާރި އެވެ.

ރޭގެ އަހަރީ ޖަލްސާގައި ވަނީ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވެސް ފާސްކޮށްފަ އެވެ. އަދި މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް އަދި ޑިރެކްޓަރުންގެ ރިޕޯޓް ވެސް ފާސްކުރި އެވެ. މީގެ އިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި އާނެސްޓް އެންޑް ޔަންގް ހަމަޖައްސާފައިވާ އިރު، އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 27،000ރ. ދޭން ނިންމި އެވެ.

އެމްޓީޑީސީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު އަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 1.9 މިލިއަން ޑޮލަރެވެ. މިއީ 2023 ވަނަ އަހަރު ފައިދާ ގޮތުގައި ލިބުނު 3.1 މިލިޔަން އެމެރިކާ ޑޮލަރާއި އަޅާބަލާއިރު 38.7 ޕަސެންޓް ދަށް އަދަދެކެވެ.

އެމްޓީޑީސީީން ބުނީ މިދިޔަ އަހަރުގެ ފައިދާ ދަށްވި މައިގަނޑު ސަބަބަކީ ނާގޯށި ސަބްލީޒްކުުރުން ހުއްޓާލުމުގެ ސަބަބުން ރެވެނިއު ރެކޯޑިން ހުއްޓުމަކަށް އައުމުން ކަމަށެވެ.

ސަރުކާރާއި އާންމު ރައްޔިތުންގެ ހިއްސާ އޮންނަ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް، އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް