
ރައީސްގެ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ހަތްވަނަ އެޕިސޯޑުގައި އިއްޔެ އެމަނިކުފާނު ވިދާޅުވީ ހައްޖަށް ވަޑައިގަންނަވަނީ ސައުދީ ރަސްގެފާނުގެ ހާއްސަ ދައުވަތަކަށް ކަމަށާއި އެ ދަތުރަށް ދިވެހި ސަރުކާރުން އެއްވެސް ހަރަދެއް ނުކުރާނެ ކަމަށެވެ.
ރާއްޖެ އަށް ލިބިފައިވާ 1،000 ކޯޓާގެ ތެރެއިން ރައީސް ހައްޖަށް ވަޑައިގަންނަވާ ކަމަށް ވާހަކަ ދެކެވޭ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މި ވަފުދުގައި ހިމެނެނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލުގެ ދެކަނބަލުން، އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ ދެ ކަނބަލުން، އިސްލާމީ މަރުކަޒުގެ އިސް އިމާމު، ޝެއިހް މުހައްމަދު ލަތީފްގެ ދެކަނބަލުން އަދި ޗީފް އޮފް ޕްރޮޓޮކޯލް، މުހައްމަދު ޝަހުދީ އެވެ.
މި އަހަރު ވެސް ސައުދީ އަރަބިއްޔާއިން ވަނީ ރާއްޖެއަށް 1000 ހައްޖު ކޯޓާ ދީފަ އެވެ. ދިވެހި ހައްޖުވެރިން ތިބީ ސައުދީގަ އެވެ. ހައްޖުވެރިން ދަތުރުކުރީ މޯލްޑިވިއަންގެ ދެ ބޯޓުގައި އަދި ސައުދީ އެއާގެ ދެ ބޯޓެއްގަ އެވެ.
މިއީ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ރައީސް މުއިއްޒު ހައްޖުގެ އަޅުކަމަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ހައްޖު ދުވަހަކީ އަންނަ މަހުގެ 5ވާ ބުރާސްފަތި ދުވަހެވެ. މި އަހަރު ވެސް ސައުދީ އަރަބިއްޔާއިން ވަނީ ރާއްޖެއަށް 1000 ހައްޖު ކޯޓާ ދީފަ އެވެ. ދިވެހި ހައްޖުވެރިން ތިބީ ސައުދީގަ އެވެ. ހައްޖުވެރިން ދަތުރުކުރީ މޯލްޑިވިއަންގެ ދެ ބޯޓުގައި އަދި ސައުދީ އެއާގެ ދެ ބޯޓެއްގަ އެވެ.