
ރައީސް މިހެން ވިދާޅުވީ ދައުލަތުގެ ޓީވީ ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ އުމުރުން 18 އަހަރުވެ އަމިއްލަ ގެދޮރެއް ނެތް ކޮންމެ މީހަކަށް "ފަސްޓް ހޯމް" ނުވަތަ އަމިއްލަ ގެތް ނެތް މީހުންނަށް ގެއެއް ނުވަތަ ފްލެޓެއް ލިބޭނެކަން މިއަހަރު ކަށަވަރުކޮށްދޭނެކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވައުދު ފުއްދުމަށް މިއަހަރު ހުޅުވާލާނެކަމަށާއި 18 އަހަރުން މަތީގެ އެންމެނަށް ބޯހިޔާވަހިކަން މިއަހަރު ކަށަވަރުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެތެރޭގައި 18 އަހަރުން މަތީގެ މާލޭގެ ރައްޔިތުން އަދި މާލޭގެ ރަށްވެހިން އަދި މާލޭގައި ދިރިއުޅޭ ރައްޔިތުން ހިމެނޭނެކަމަށެވެ. އަދި ފުރަތަމަ ގެ ފަސްޓް ހޯމް އެއްވެސް ބޯހިޔާވަހިކަމެއް ނެތް 18 އަހަރުން މަތީގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭނީ މުޅި މާލޭ ސަރަހައްދުން ގްރޭޓާ މާލޭ އޭރިޔާ ރަސްމާލެ ހިމެނޭ ގޮތަށްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 18 އަހަރުން މަތީގެ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭނީ އެމީހަކު އެދޭގޮތަށްކަމަށެވެ. އެގޮތުން ބިމާއި ގޯއްޗާއި ފްލެޓްގެ ތެރެއިން އެދޭ އެއްޗެއް ނެގޭނެކަމަށް ރައީސް ވިދާޅުވިއެވެ.