މި ހާދިސާ ހިނގީ މިއަދު ހަވީރު 3:30 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓުގައި "މައި އެކްސްޕްރެސް 2" ނަމަކަށް ކިޔާ ލޯންޗު ދުއްވަން ހުރި ކެޕްޓަނަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް ފުލުހުން ބުނި އެވެ. ނަމަވެސް ކެޕްޓަނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. މި އެކްސިޑެންޓުގައި އިތުރު މީހަކަށް އަނިޔާވެފައި ނުވާ ކަމަށްވެސް އެފަރާތުން ބުނެފައިވެ އެވެ.
ފުލުހުން އާންމުކުރި ފޮޓޯތަކުން ފެންނަގޮތުގައި ލޯންޗުގެ އަރިމަތިން ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވެ އެވެ. އަދި އެ ލޯންޗުގެ ބިއްލޫރިތައް ވެސް ވަނީ ތަޅައިގެން ގޮސްފަ އެވެ. ފުލުހުންގެ އޮފީހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އެ ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.