
ހަވާއީއަށް ކުރެއްވި ދަތުރުގައި ނައިބު ރައީސް ވަނީ ބްލޫ ޕްލެނެޓް ޖަމިއްޔާއިން މެއި 15 ގައި ބޭއްވި ފެލޯ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ބްލޫ ޕްލެނެޓް ކްލައިމެޓް އެގްރިމެންޓުގައި ސޮއިކުރައްވާފަ އެވެ. މި އެގްރިމެންޓަކީ 2045 ވަނަ އަހަރުގެ ކުރިން 100 ޕަސަންޓު އިއާދަކުރަނިވި ހަކަތައިން ހަކަތަ އުފައްދަން މަސައްކަތް ކުރުމަށް އެއްބަސްވާ ނަން-ބައިންޑިން އެގްރިމެންޓެކެވެ.
ހަވާއީގެ ދަތުރަށްފަހު ނައިބު ރައީސް ވަޑައިގެންނެވީ ތަޖިކިސްތާނަށެވެ. އެއީ "ހައި-ލެވެލް އިންޓަނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަރސް ޕްރިޒަވޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރެކެވެ. ބްލޫ ޕްލެނެޓް އެލަޔަންސުން ދަނީ އެ އެގްރިމެންޓުގައި ސޮއިކުރާ ގައުމުތަކަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރު ކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ތަޖިކިސްތާނަށް ކުރެއްވި ދަތުރުގައި ނައިބު ރައީސް ވަނީ އެ ގައުމުގެ ބޮޑުވަޒީރު ގަހީރު ރަސޫލްޒޮދާއާ ބައްދަލު ކުރައްވާފަ އެވެ. ދިގު މުއްދަތަކަށް ރަސްމީ ދަތުރުފުޅުތައް ކުރެއްވުމަށްފަހު، މިއަދު ނައިބު ރައީސް ހުސެއިން މުހައްމަދު ރާއްޖެ ވަޑައިގެންފައިވާކަން ފާހަގަކޮށްލެވެ އެވެ.