
ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް
އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ކަރަންޓް ނެތް!
އަލީ މިދުހަތު
01 ޖޫން 2025 - 13:20:00
މުޅި މާލެ އާއި ހުޅުމާލެ އަދި ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓު ކެނޑިއްޖެ އެވެ.
ކަރަންޓް ކަނޑައިގެން ދިޔައީ މިއަދު މެންދުރު 12:30 އެހާއިރު އެވެ. މާލެ، ހުޅުމާލެ އައި ވީއައިއޭން ކަރަންޓް ކަނޑައަޅައިގެން ގޮސްފައިވާކަން ސްޓެލްކޯއިން ޔަގީންކޮށްދިނެވެ.
އެމްއޭސީއެލް އިން ދެންމެ ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް އެއްކޮށް ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިނގިފައިވާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގައި ވެސް މިހާރު ކަރަންޓެއް ނެތެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓް ކަނޑެން މެދުވެރިވި ސަބަބެއް ބަލަމުން އަންނަކަމަށާއި ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެެވެ.
ތަފްސީލު އަންނަނީ...
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް