ads
ރައީސް މުއިއްޒު
ކަރަންޓް ކެނޑުނު މައްސަލަ ތަހުގީގު ކުރެއްވުމަށް ރައީސް އަންގަވައިފި
މުޅި މާލެ އާއި ހުޅުމާލެ އަދި އެއާޕޯޓުން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ރައީސް، ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިފަދަ ކަމެއް ތަކުރާރު ނުވާނެހެން ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމްކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށެވެ.

އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ސްޓެލްކޯ އިން ބުނީ މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންވެ މި ދަނޑިވަޅުގައި ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި ކަރަންޓު ކެނޑެެން ދިމާވި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުން އެބަދެ އެވެ. އެކަމަކު ކަރަންޓު ދެވޭނެ ވަކި އިރެއް ނޭނގެ އެވެ. މުޅި މާލެ އާއި ހުޅުމާލެ އަދި ވެލާނާ އެއާޕޯޓުން ކަރަންޓު ކެނޑުނު ސަބަބެއް އަދި ސްޓެލްކޯއަކުން ނުބުނެ އެވެ.

އެއާޕޯޓް ހިންގާ، އެމްއޭސީއެލްއިން ބުނެފައި ވަނީ އެއާޕޯޓުން ކަރަންޓް ކެނޑުނު ނަމަވެސް، ބެކަޕް ޖަނަރޭޓަރުތައް މިހާރު ހިންގަން ފަށާފައިވާ ކަމަށެވެ. އެހެންވެ، އޮޕަރޭޝަންތައް އާންމު ހާލަތުގައި ކުރިއަށްދާ ކަމަށް ވެސް ބުންޏެވެ. 

ކަރަންޓް ކެނޑުމުގެ ސަބަބުން މާލެ އާއި ހުޅުމާލޭގެ ގިނަ ހިދުމަތްތަކެއްހެން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް