ލޮކްޑައުންގެ ދުވަސްވަރު ގޭގައި ހުރެގެން އޭނާ ކުރާ ކަންތައް ސަޕޯޓަރުންނާއި ހިއްސާ ކުރަމުންދާ ދިޝާ، ވަރަށް ފަހުން މިވަނީ މިހާރު ގޭގައި ހުންނާތީ ހުސްވަގުތުގެ ބޭނުން ކޮށްގެން މޫނާ ތަންތަން ރީތުކުރުމުގެ ގޮތުން ކަންތައްތަކެއް ކުރަން އޭނާ ނިންމީ ކަމަށް ބުނުފަ އެވެ.
އެގޮތުން ދިޝާ ވަނީ ފޭސް މާސްކް އަދި ފޭސް ސްކްރަބްސް ފަދަ އެއްޗެހި ބޭނުން ކޮށްގެން ފޭޝަލްސް ހަދާކަމަށް ބުނެފަ އެވެ.
އެހެންނަމަވެސް މިގޮތަށް ރީތި ވުމުގެ ކަންތައްތަކުގައި އޭނާއަށް ވަރަށް ނޫޅެވޭ ކަމަށް ދިޝާ ބުނެ އެވެ. އަދި މިފަދަ ކަމެއް ކުރަން ސެލޫންތަކަށް ވެސް ވަރަށް ނުދާ ކަމަށާއި ސެލޫންތަކަށް ދާން ވަރަށް ފޫހިވާކަމަށް އޭނާ ބުނެ އެވެ.
މޫނު ރީތިކޮށް ބަހައްޓަން ތިމަންނަ ވަރަށް ކަންނެތޭ ދިޝާ ބުންޏަސް އޭނާ އަކީ ކަސްރަތު ކުރުމަށް ވަރަށް ލޯބި ކުރާ ތަރިއެކެވެ. އަދި އެންމެ ދުވަހެއް ވެސް ވައްޓާނުލާ ދިޝާ އޭނާގެ ކަސްރަތު ކްލާސްތަކުގައި ބައިވެރިވެ އެވެ.