ads
ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތް ކުރައްވައިފި
ޕްރިންސް'އާ ބެހޭ ގޮތުން ސުވާލުކުރަން ފޮރިން މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ކަމަށް ބުނާ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ 'ޕްރިންސް'އާ ގުޅޭގޮތުން ސުވާލުކުރަން ފޮރިން މިނިސްޓަރު ޑރ. އަބްދު ﷲ ހަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފިއެވެ.
Advertisement

ހަލީލް މަޖިލިހަށް ހާޒިރުކުރަން ހުށައެޅީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްއެވެ. 

މީކާއިލް މަޖިލިހަށް މި މައްސަލަ ހުށައަޅާފައި މިވަނީ ރައީސް މުއިއްޒު ބައްދަލުކުރެއްވީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ 'ޕްރިންސް' އަކާ ނޫންކަމަށް ބުނެ އަޑު ފެތުރިފައިވަނިކޮށެވެ. އަދި ރައީސް މުއިއްޒު އެ 'ޕްރިންސް' ބައްދަލުކުރި ކަމަށް ބުނެ ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއުކުރި ހަބަރާއި އެކަމާއި ގުޅޭ ފޮޓޯތައް އެ ވެބްސައިޓުން ޑިލީޓްކޮށްފައި ވަނިކޮށެވެ.

މީކާއިލް މިނިސްޓަރު ހަލީލާއި ކުރަން ހުށައެޅި ސުވާލުތައް

  • ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ބުނެ، މިދިޔަ މަހުގެ ފަސްވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވާފައިވާ 'ޕްރިންސް' ފަހަދް ސައުދު އަލްޝަލަންއަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްތޯ؟
  • އެ ބައްދަލުވުމުގައި ސައުދީ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގެންފައިނުވަނީ ކީއްވެގެންތޯ؟
  • އެ ފަރާތަކީ ސައުދީ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ހަގީގަތާ ޚިލާފަށްނަމަ، ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް އޭގެ އެއްވެސް ނޭދެވޭ އަސަރެއް ކޮށްފާނެތޯ؟

ރައީސް މުއިއްޒާއި ސައުދީ އަރަބިއްޔާ ޕްރިންސް ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން ބައްދަލުކުރެއްވި ކަމަށް ރައީސް އޮފީހުން ބުނީ މިދިޔަ މަހު ފަސްވަނަ ދުވަހުއެވެ. އަދި އެ ހަބަރާއި އެ ބައްދަލުވުމުގެ ފޮޓޯތައް ރައީސް އޮފީހުގެ ވެބްސައިޓްގައި އެދުވަހު ޕަބްލިޝްވެސް ކުރިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް