
ރައީސް ޑރ. މުޙައްމަދު މުއިއްޒު، ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު -- ފޮޓޯ/ ފުލުހުން
ރައްކާ ކެމްޕޭން: މަގުމަތީ ސަލާމަތަށް ތިން ކުންފުންޏާއެކު ފުލުހުން
ގުފްތަގް އަޖީރު
04 ޖޫން 2025 - 09:54:40
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރިއަށްގެންދާ "ރައްކާ ކެމްޕޭން" ގައި ތިން ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އިސްކަންދަރުކޮށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފުލުހުންނާއެކު ސޮއިކުރީ އެމްޓީސީސީ، އުރީދޫ މޯލްޑިވްސް އަދި އެލައިޑް އިންޝުއަރެންސް އިންނެވެ.
"ރައްކާ ކެމްޕޭން" އަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ފުލުހުން ކުރިއަށްގެންދާ ކެމްޕޭނެކެވެ. މި އެއްބަސްވުމާއެކު، ތިން ކުންފުނިން ކެމްޕޭންގެ އެކިއެކި ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބުންޏެވެ.
ރާއްޖޭގައި މަގުމަތީގެ އެކްސިޑެންޓްތައް ހިނގުން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހުޅުމާލެއާއި މާލެ ބްރިޖުން ގުޅާލުމަށްފަހު މިފަދަ ހާދިސާތައް އިތުރުވެފައިވުމާއެކު، މަގުމަތީގެ ސަލާމަތަށް ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް އިތުރުކުރުމަށް ފުލުހުން މަސައްކަތްކުރަމުންދެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް