
ސިވެކްގެ ލޭންޑިން ކްރާފްޓެއް ކަމަށްވާ "އެލްސީ 308" އިއްޔެ ބަންޑުން ޖަހައިލީ، ޅ. ކުރެންދޫގެ ހުޅަނދު ދެކުނުން ހަތަރު މޭލު ބޭރަށެވެ.
އެ އުޅަނދުން ހަ މީހުން ދަތުރުކުރި އިރު އޭގެތެރޭގައި ހިމެނެނީ ތިން ސިފައިންނާއި ތިން ބިދޭސީންނެވެ. އޭގެ ތެރެއިން ގެއްލުނީ ދެ މީހުންނެވެ. އޭގެތެރެއިން އެކަކު ހޯދުނުއިރު އެމީހާ އޮތީ ނިޔާވެފަ އެވެ. އެއީ ސިފައިންގެ މީހެއް ކަމަށްވާ، ތ. ހިރިލަންދޫ، ސީރީނުގެ، ވޮރަންޓް އޮފިސަރު ދޭއް، އަލީ ހާމިދެވެ.
އެ ހާދިސާގައި ނިޔާވެފައި ވަނީ އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2، އަލީ ހާމިދު އެވެ. ތ. ހިރިލަންދުއަށް ނިސްބަތްވާ ހާމިދަކީ ސިފައިންގެ ހިދުމަތުގައި 27 އަހަރު ވަންދެން އުޅުއްވާފައިވާ އޮފިސަރެކެވެ.
ނަމަވެސް ދެން ތިބި މީހުން ވަނީ ސަލާމަތްކޮށްފަ އެވެ. އެމްއެންޑީއެފްއިން މިއަދު ބުނީ ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުންނާއި ކޯސްޓް ގާޑުގެ އުޅަނދުތަކުން ކަނޑުމަގުން ކުރަމުން އަންނަ ކަމަށެވެ.
އެ ހާދިސާ ހިނގި ގޮތް އަދި ސާފުނުވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.