
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު
މިއަދު އަވަހަށް ޗެކިން ވާން އެދިއްޖެ
މުހައްމަދު އާދަމް އަހްމަދު
04 ޖޫން 2025 - 13:32:41
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ބާރުބޮޑުވާތީ އަވަހަށް ޗެކިން ވާން އެމްއޭސީއެލް އިން އެދިއްޖެއެވެ.
އެމްއޭސީއެލް އިން ބުނީ މިއަދު ގިނަ ބަޔަކު ފުރަން އެއާޕޯޓަށްދާ ކަމަށެވެ. އެހެންކަމުން ޗެކިން ގަޑިއަށް ވީހާވެސް އަވަހަށް އެއާޕޯޓަށް ދިއުމަށް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން އެއާޕޯޓްގެ މަގުތަކުގެ މަސައްކަތްވެސް ކުރިއަށްދާތީ އެކަމަށް ސަމާލުވުމަށްވެސް އެމްއޭސީއެލް އިން ބުނެއެވެ.
އީދު ބަންދާއި ދިމާކޮށް ގިނަ ބަޔަކު އަންނަނީ ރަށްރަށާއި ރާއްޖެއިން ބޭރަށް ފުރަމުންނެވެ.
އެއާޕޯޓްގެ އާ ޓާމިނަލްގެ ބައެއް މިނިވަން ދުވަހާއި ގުޅުވައިގެން ޖުލައި 26 ގައި ހުޅުވުމަށް ވަނީ ނިންމާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް