ކައުންސިލުން އިތުރަށް ބުނީ އެމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ހާއްސަ ސްޓިކާ ކައުންސިލްގެ އާންމު ހިދުމަތާބެހޭ ބައިން ދޫކުރާނެކަމަށެވެ. މި ސްޓިކާ ހުކުރު ދުވަހު ހެނދުނު 8:30 އިން 10:30 އަށް އަދި މެންދުރުފަހު 2:00 އިން 3:45 އަށް ކައުންސިލްގެ ތައިސޭކޮށި އޮފީހުން ލިބެން ހުންނާނެކަމަށް ވެސް ބުންޏެވެ. އަދި މި އެންގުމާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
ހައްޖު ދުވަހަކީ މާދަމާކަމަށްވާއިރު، އީދު ދުވަސްތައް ފެށެނީ ހުކުރު ދުވަހުއެވެ. މި އަހަރުގެ ބޮޑު އީދު ސަރުކާރުން ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ލ. ގަމާއި، ކ. ގުރައިދޫ އަދި ހއ. ކެލާ ހަމަޖައްސާފައިވެއެވެ. ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވި ގޮތުގައި ޖުމްލަ 65 ރަށުގައި އީދު ލައިޓް ދިއްލާނެކަމަށް ބެލެވެއެވެ.