ads
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބަޖެޓު ހުށަހަޅުއްވަނީ
ބަޖެޓުން 19.8 ބިލިއަން ރުފިޔާ ހޭދަކޮށްފި، ރިކަރަންޓް ޚަރަދު ދަށަށް
ފާއިތުވި ހަފުތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 19.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރި މާލީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
Advertisement

މި އަދަދަކީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.0 ޕަސަންޓު ދަށް އަދަދެކެވެ. ދައުލަތުގެ ރިކަރަންޓް ހަރަދު ވަނީ 2.0 ޕަސަންޓަށް ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު 65.5 ޕަސަންޓަށް ދަށްވެފައިވާކަން ފާހަގަކުރެވެއެވެ.

މި އަހަރުގެ ތެރޭގައި ދައުލަތުން ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް 1.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ ތެރޭގައި މަގުތަކާއި ބްރިޖްތަކާއި އެއަރޕޯޓްތަކަށް ހިނގާފައިވާ ހަރަދުތައް ހިމެނެއެވެ. މިއީ މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މިފަދަ ކަންކަމަށް ހިނގާނެ ކަމަށް އަންދާޒާކޮށްފައިވާ މިންވަރުގެ 10.8 ޕަސަންޓެވެ.

ދައުލަތުން ނަގާފައިވާ ލޯނު ކޮމިޓްމަންޓްތަކަށް އަނބުރާ ދެއްކި ފައިސާގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 151.8 ޕަސަންޓު އިތުރުވެފައިވެއެވެ. އަދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ފައިސާގެ އަދަދު 47.1 ޕަސަންޓަށް އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީން ބުންޏެވެ. ޕީއެސްއައިޕީ ހަރަދުގެ ބޮޑު ބައެއް މި އަހަރު ހިއްސާކޮށްފައިވަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމާ ގުޅޭ މަޝްރޫއުތަކަށް ކަމަށްވާއިރު، މިފަދަ މަޝްރޫއުތަކަށް 811.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް